ހިސާންގެ ސެކިޔުލާ ބިލާ ދެކޮޅު ހެދުމަށް ސަރުކާރުގެ ޑެޕިޔުޓީ މިނިސްޓަރެއް ވެސް ގޮވައިލައްވައިފި
ޤާނޫނުލް ޢުޤޫބާތަށް އިޞްލާޙް ގެނައުމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ނަފްރަތު އުފެއްދުމުގެ ބިލާ ދެކޮޅަށް މަސައްކަތް ކުރުމަށް އިސްލާމިކް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރ ޝައިޚް އިބްރާހީމް ރަޝީދު ޙަސަން ގޮވައިލައްވައިފިއެވެ.
އިބްރާހީމް ރަޝީދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސެކިއުލަރ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާ ދެކޮޅަށް އަޑު އުފުލުމަކީ ގައުމީ ދީނީ ވާޖިބެއް ކަމަށާއި ހުރިހާ ރައްޔިތުން އެކަމާ އަޑު އުފުލުމަށް ގޮވައިލައްވާ ކަމަށެވެ.
ދީނީ ޢިލްމުވެރީންނާއި އާންމުންގެ ވަރަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާ މި ބިލާ ގުޅޭ ގޮތުން ސަރުކާރު ހިންގާ ކޯލިޝަންގައި ވެސް ޚިޔާލު ތަފާތެވެ. އެ ގޮތުން ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ބިލަށް ވޯޓް ނުދެއްވުމަށް ރައްޔިތުން މަޖިލީހުގެ މެމްބަރުންގެ ގާތުން އެދިފައެވެ. މިއާ ޚިލާފަށް ދިވެހި ފުލުހުން މިފަދަ ކަންކަމުގައި ޚިޔާލު ފާޅު ނުކުރުމަށް ފުލުހުންގެ އިދާރާއިން އެ ފަރާތްތަކަށް ވަނީ އަންގަވައިފައެވެ.
ހިސާންގެ ބިލްގައިވާ ގޮތުން މީހަކާ ދިމާއަށް އޭނާއަކީ އިސްލާމް ދީނާ ޚިލާފަށް ނުވަތަ އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހެކޭ ބުނުމަކީ ކުށެކެވެ. މި ގޮތަށް މި ބިލް ފާސްކޮށްފިނަމަ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި އުޅޭ ބޭރުގެ ފަރާތްތަކާ ދިމާލަށް ވެސް އެމީހަކީ ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެކޭ ބުނެފިނަމަ އެއީ ކުށެއް ކަމަށް ކަނޑައެޅޭނެއެވެ.
އ.ދީނާއި ޚިލާލާފަށް ވާހަކަދެއްކުމާއި އިސްލާމް ދީނާއި ހިލާފަށް ގާނޫނުތަށް ހެދުމަށް މަސަށްކަތް ކުރުމަކީ އެން ޑީޕީއަށް