Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެސްޓްރޮޒެނިކާގެެ ނޭދެވޭ އަސަރެއް ފެނިއްޖެނަމަ 2ވަނަ ޑޯޒް ޖަހަނީ އެހެން ވެކްސިނަކުން: ޑރ. ފައިސަލް

އެސްޓްރޮޒެނިކާގެެ ނޭދެވޭ އަސަރެއް ފެނިއްޖެނަމަ 2ވަނަ ޑޯޒް ޖަހަނީ އެހެން ވެކްސިނަކުން: ޑރ. ފައިސަލް

އޮކްސްފޯޑް ޔުނިވާރސިޓީގެ އެސްޓްރޮޒެނިކާގެ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖެހުމުން ނޭދެވޭ ބޮޑުކަމެއް ފެނިއްޖެނަމަ މިހާރު ވެސް ބައެއް ގައުމުތަކުގައި ދެވަނަ ޑޯޒް ޖަހަނީ އެހެން ވެކްސިނަކުންކަމަށް ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ކޮވިޝީލްޑް ވެކްސިން ލިބުމުގައި ދަތިތަކެއް ދިމާވެ ގިނަބަޔަކު ކޮވިޝީލްޑް ވެކްސިނުގެ ދެވަނަ ޑޯޒް ނުޖެހި ތިބުމުގެ ސަބަބުން ޝަކުވާ ބޮޑުވެފައިވާ މިދަނޑިވަޅުގައި ކޮވިޑުން ދިފާއުވުމަށް ޖަހަމުން އަންނަ ވެކްސިންގައި، ދެ ކުންފުންޏެއްގެ ވެކްސިން އިން ދެ ޑޯޒް ހަމަކުރުމަކީ މައްސަލައެއް ނޫން ކަމަށް ޑރ ފައިސަލް ވިދާޅުވުމާއެކު ގިނަ ބައެއްގެ ސުވާލު ވަނީ މިކަމަށް އަމާޒުވެފައެވެ.

“މީ ދިރާސާކުރެވެމުން ދާ ކަމެއް، ⁦‪ޑަބްލިއުއެޗްއޯ‬⁩ އިން އަދި ނުނިންމާ މިކަން ޢާއްމުކޮށް ކުރެވޭނެ ކަމަކަށް. ބައެއް ގައުމުތަކުގައި އެސްޓްރޮޒެނިކާގެ ނޭދެވޭ ބޮޑުކަމެއް ފެނިއްޖެނަމަ 2 ވަނަ ޑޯޒް ޖަހަނީ އެހެން ވައްތަރެއްގެ ވެކްސިނަކުން” ޑރ. ފައިސަލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

Advertisement
Ooredoo — Square (box)

އެސްޓްރޮޒެނިކާގެ ދެވަނަ ޑޯޒް ޖެހުމަށްފަހު ލޭ ގަނޑުވުން ފަދަ ކަމެއް ދިމާވެއްޖެ ނަމަ ފައިޒާ ވެކްސިންއިން ދެވަނަ ޑޯޒް ޖެހުމަށް ސިއްހީ މާހިރުން ލަފާ ދެމުންދާ ކަމަށާއި، ހަމަ އެ އުސޫލަށް މާބަނޑު މީހުންނަށް ވެސް އަމަލު ކުރެވޭނެ ކަމަށް ޑރ ފައިސަލް ވަނީ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ވިދާޅުވެފައެވެ. އަދި އެއް ޑޯޒް ޖަހާ ފަހުން ބަނޑުބޮޑުކަން އެނގިއްޖެނަމަ ދެވަނަ ޑޯޒް ފާއިޒާއިން ޖެހުން ރަނގަޅު ވާނެ ކަމުގައި ވެސް އެދުވަހުގެ ޕްރެސްގައި ޑރ ފައިސަލް ވަނީ ފާހަގަ ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް