ލައިފްސްޓައިލް

ލޯބިވެރިޔާއާ ޕާސްވޯޑް ހިއްސާ ނުކުރަންވީ މިހެންވެ!

ދެން އެމްވީ ، ދެން އޮންލައިން

ކޮންމެ ގުޅުމެއް ވެސް ބިނާވެފައި ވަނީ ލޯތްބާއި އިތުބާރުގެ މައްޗަށެވެ. މި ދެ ޝަރުތު ފުރިހަމަ ނުވާ ގުޅުމެއް ވަރަށް އަވަހަށް ނެތި ދެއެވެ. އެހެންކަމުން ދިރިއުޅުމެއް ފަށަން އިހްތިޔާރު ކުރާ ބައިވެރިޔާއަށް އިތުބާރު ކުރުމަކީ ކޮންމެހެން ވެސް މުހިންމު ކަމެކެވެ. އެގޮތުން އިތުބާރުގެ ނަމުގައި ލޯބިވެރިޔާއާ ޕާސްވޯޑް ހިއްސާ ކުރުމަކީ ބައެއް މީހުން ކޮށް އުޅޭ ކަމެކެވެ. ނަމަވެސް މިއީ އެންމެ ރަނގަޅު ގޮތެއް ބާއެވެ.

ބައެއް މީހުން ދެކޭ ގޮތުގައި ލޯބިވެރިޔާއާއި ޕާސްވޯޑް ހިއްސާ ކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭ ކަމެކެވެ. އެހެން ނަމަވެސް ދިރާސާއަކުން ދައްކާ ގޮތުގައި ލޯބިވެރިންނާ ޕާސްވޯޑް ހިއްސާ ކުރުމުގެ ސަބަބުން އެ ގުޅުމުގައި ގިނަ ގުނަ މައްސަލަތަކެއް ޖެހެއެވެ. ސަބަބަކީ އަނެކާއަށް ނޭނގި ޕާސްވޯޑް ބޭނުންކުރާލެއް ގިނަ ވާތީއެވެ. މީގެ އިތުރުން ވެސް ދިރާސާތަކުން ދައްކާ ގޮތުގައި ޕާސްވޯޑް ހިއްސާ ކުރުމުގެ ސަބަބުން ގިނަ ބަޔަކު އެކަމާ ފަހުން ހިތާމަ ކުރަން ޖެހެއެވެ. އެ ގޮތުން މި ދިރާސާއިން ހާމަވި ގޮތުގައި އުމުރުން 18 އަހަރާއި 34 އަހަރާ ދެމެދުގެ 41 އިންސަންތަ މީހުން މި ކަމާ ފަހުން ހިތާމަ ކުރެއެވެ.

ޕާސްވޯޑް ލޯބިވެރިޔާއާ ހިއްސާ ނުކުރަން ޖެހޭ އަނެއް ސަބަބެއްކަމަށް ގިނަ މީހުން ޤަބޫލު ކުރަނީ ގުޅުން ކެނޑިދާނެތީއެވެ. މި ފަދަ ހާލަތެއްގައި އެކަކު އަނެކަކަށް އުފެދޭ ނަފްރަތުގެ ސަބަބުން ނާޖާއިޒު ފައިދާ ނެގުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ވާތީ ވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!