Monday, 2 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް އަލުން ފަށަނީ

ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް އަލުން ފަށަނީ

ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް އަލުން ފެށުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ނިންމައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވީ އަންނަ އާދިއްތަ ދުވަހު ލައިސަންސް އައު ކޮށްދިނުމުގެ ޚިދުމަތް ފަށަން ނިންމައިފައިވާ ކަމަށެވެ. އަދި ދެ ފުރޮޅުލީ އެއްގަމު އުޅަނދުގެ ރަޖިސްޓްރޭޝަންގެ ޚިދުމަތާއި މެރިޓައިމްގެ ބައެއް ޚިދުމަތްތައް ދޭން ވެސް ނިންމައިފައި ވެއެވެ.

އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ކާޑާއި ރަޖިސްޓްރީތައް ސެލްފް ކަލެކްޝަން ސްޓޭޝަންއަކުން ދޫކުރާގޮތަށް ވަނީ ހަމަޖައްސައިފައެވެ. މި ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ.

Advertisement
Ooredoo — Square (box)

ސެލްފް ކަލެކްޝަން ސެންޓަރުން ލައިސަންސް ކާޑާއި ވެހިކަލް ރަޖިސްޓްރީތައް ދޫކުރާނެއެވެ. މި ޚިދުމަތަކީ ކިއުގައި ނުޖެހި، އަވަސް އަދި ފަސޭހައިން ދޭ ޚިދުމަތަކަށް ހެދުމަށް ޓަކައި ޤާއިމުކުރި ޚިދުމަތެއްކަމަށް ޓްރާންސްޕޯޓުން ބުންޏެވެ. މި ސެންޓަރުން ދޫކުރާ ކާޑާއި ރެޖިސްޓްރީ ތައްޔާރުވުމުން އެކަން ވެރިފަރާތަށް މެސެޖަކުން އަންގާނެއެވެ.

ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނާތީ، އަލަށް ލައިސަންސަށް އެދޭ މީހުންނަށް އެ ޚިދުމަތް ދިނުން ވަގުތީ ގޮތުން ވަނީ ހުއްޓައިލައިފައެވެ. އެހެން ނަމަވެސް ލައިސަންސް އާކުރުމާއި އެ އޮތޯރިޓީން ދެމުން އަންނަ އެހެނިހެން ޚިދުމަތްތައް އޮންލައިންކޮށް ކުރިއަށްގެންދެވޭނެ ކަމަށް އެ އޮތޯރިޓީން ވަނީ އަންގައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް