Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ރިޕޯޓް

ސީރިއާއަށް ދާން އުޅޭ ކަމަށް ބުނެ ގޭގައި ބަންދު ކޮށްފައި ހުރި އަންހެނަކު އެހީއަށް އެދި ސަލާން ޖަހަނީ

ސީރިއާއަށް ދާން އުޅޭ ކަމަށް ބުނެ ގޭގައި ބަންދު ކޮށްފައި ހުރި އަންހެނަކު އެހީއަށް އެދި ސަލާން ޖަހަނީ
ސީރިއާއަށް ދާން އުޅޭ ކަމަށް ބުނެ 26 އަހަރުގެ ޒުވާން އަންހެނަކު ގޭގައި ބަންދުކޮށްގެން ގެން ގުޅޭ މައްސަލައެއް ފެންމަތިވެއްޖެއެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ ކުއްޖާއަކީ އައްޑޫ ސިޓީ މަރަދޫފޭދުއަށް ނިސްބަތްވާ ޒުވާނެކެވެ. މިޝްފާ ނަމަކަށް ކިޔާ މި ޒުވާނާ ވަނީ އޭނާ އުޅެން ޖެހިފައިވާ ހާލު ފޭސްބުކްގައި ވަރަށް ތަފްސީލްކޮށް ހިއްސާކޮށް، އޭނާ ސަލާމަތް ކޮށްދިނުމަށް އެދި އާންމުންގެ އެހީތެރިކަމަށް އެދިފައެވެ.

ސީރިއާއަށް ދާން އުޅޭކަމަށް ބުނެ 2016ވަނަ އަހަރު ހައްޔަރު ކުރި

2016ވަނަ އަހަރު މިޝްފާ ފިލައިގެން ސީރިއާއަށް ދާން އުޅޭ ކަމަށް ބުނެ އާއިލާއިން ފުލުހުންނަށް ދޮގު މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. އަދި ކުރީން ވެސް އާއިލާ ދޫކޮށް އޭނާ މާލެއަށް ދިޔައީ އާއިލާއިން މިގޮތަށް ކަންތައް ކުރާތީ ކަމަށާއި އޭނާ ދިޔައީ ސީރިއާއަށް ނޫން ކަމަށް ވެސް ބުނެފައިވެއެވެ. އޭނާ ބުނެފައި ވަނީ މާލެ ދިޔައީ ކައިވެނި ކުރަން ކަމަށާއި އޭނާ ޕާސްޕޯޓު ވެސް ނުގެންދާ ކަމަށެވެ. އެހެންކަމުން ފުލުހުންނަށް ވެސް އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެތް އެ މައްސަލައިގައި ހޯދިފައެއް ނުވެއެވެ. ނަމަވެސް މިޝްފާގެ ބައްޕައަކީ ނުފޫޒުގަދަ މީހަކަށް ވާތީ އޭނާ ވަނީ ފެމިލީ ކޯޓުން ލިޔުމެއް ތައްޔާރުކޮށް މިޝްކާ ހުންނަން ޖެހޭނީ އެމީހުންގެ ގާތުގައި ކަމަށް ނިންމައިފައެވެ.

އެ ދުވަހަށް ފަހު "ހައްުޔަރު ކޮށްފައި"، ގެއަކީ ޖަލެއް

ސީރިއާއަށް ދާން އުޅެނީ ކަމަށް ބުނެ މާލެއަށް ދިޔަ މިޝްފާ އަނބުރާ އައްޑުއަށް ގެންދެވުނެވެ. އަދި ގެއަށް ގެންދިއުމަށް ފަހު އޭނާ ކޮޓަރިއަކަށް ލައި އެކަހެރިކޮށް "ހައްޔަރު" ކުރި ކަމަށް އޭނާ ކިޔައިދިނެވެ.  އޭނާއަށް ބޭރަށް ދެވެނީ ވެސް އޭނާގެ މަައިންބަފައިންނާ އެކު އެކަންޏެވެ. އަދި އޭނާއަށް މޯބައިލް ފޯނެއް ވެސް ދީފައި ނޯންނައިރު އޭނާގެ އެއްވެސް ރަހުމަތްތެރިއަކާ ވާހަކަ ދައްކައި ހެދުމުގެ ފުރުސަތެއް ވެސް ނޯވެއެވެ. މީގެ އިތުރުން އޭނާ ބަހައްޓައިފައި ހުންނަ ކޮޓަރީގެ ވަށައިގެން ސީސީޓީވީ ކެމެރާ ހަރުކޮށްފައި ހުންނަ ކަމަށާއި އެތަނުގައި ހަރުކޮށްފައި ހުންނަނީ އިލެކްޓްރިކް ދޮރެއް ކަމަށާއި އޭގެ ތަޅު ވެސް މިޝްފާއަށް ނުދޭ ކަމަށް އޭނާ ބުނެފައިވެއެވެ. މިގޮތަށް ގިނަ ދުވަސްތަކެއް ވަންދެން އެކަނިމާއެކަނި ހުންނަން ޖެހުމުން މިޝްފާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ވަނީ ނޭދެވޭ އަސަރުކޮށްފައެވެ. އޭނާ ވަނީ ނަފްސާނީ ގޮތުން ނުހަނު ބަލިކަށިވެފައެވެ. އަމިއްލައަށް މަރުވުމުގެ ޚިޔާލުތަކާއި އެ ފަދަ ނައްސި ޚިޔާލުތަކުން އޭނާ ވަށައިލާ ކަމަށް އޭނާ ކިޔައިދީފައިވެއެވެ. "މިއަށްވުރެ މަރުވުން ވެސް ރަނގަޅު" އޭނާ ދިރިއުޅޭ ކޮޓަރީގެ ފާރުގައި އޭނާ ލިޔެފައިވެއެވެ. މީގެ އިތުރުން، މިޝްފާ ކޮޓަރީގައި އިންނަ ވަގުތުތަކުގައި އާއިލާގެ މީހަކު ކުއްލިއަކަށް އައިސް ދޮރު ހުޅުވައިލައިފާނެ ކަމަށާއި އަދި އެއީ އޭނާ ނުބައި ކަމެއް ކުރަނީތޯ ބަލަންހެން ހީވާ ކަމަށެވެ. މިޝްފާ އިތުރަށް ކިޔައިދީފައިވާ ގޮތުގައި އޭނާގެ މަންމަ ވެސް އޭނާއަށް އަނިޔާކޮށް ހަދައިފައިވެއެވެ. އަދި އެކަމާ މިހާރު ވެސް ހިތް ބިރު ގަންނަ ކަމުގައި އޭނާ ކިޔައިދީފައިވެއެވެ.

ކައިވެނި ކުރަން ވެސް ފުރުސަތެއް ނެތް

މިޝްފާ ބުނެފައިވާ ގޮތުގައި އޭނާ މިދިޔަ އަހަރު މީހަކާ އިންނަން އުޅުނެވެ. ނަމަވެސް އެކަމާ ވެސް އޭނާގެ މައިންބަފައިން ވަނީ ދެކޮޅު ހަދައިފައެވެ. އަދި ގިނަ ދުވަސްތަކަކު އިންތިޒާރު ކުރުމަށް ފަހު ފިރިހެން ކުއްޖާ ވަކިވީ ކަމަށް އޭނާ ކިޔައިދީފައިވެއެވެ. މިހާރު ވެސް އޭނާ ބޭނުން ވަނީ ކައިވެނި ކުރާށެވެ. އެހެން ނަމަވެސް އޭނާގެ މައިންބަފައިން އެކަމަކާ ގަބޫލެއް ނުވެއެވެ.

އެދެނީ އާންމުންގެ އެހީއަށް

މިޝްފާ ބުނެފައި ވަނީ އޭނާ ކުރިން ސައިކޯތެރަޕިސްޓެއްގެ ގާތަށް ވެސް ދިޔަ ކަމަށެވެ. ނަމަވެސް ތެރަޕިސްޓާ އޭނާއާ އެކަނި ވާހަކަ ދައްކައިލުމަށް އޭނާގެ މަންމަ ފުރުސަތު ދީފައި ނުވާކަން އޭނާ ފާހަގަ ކޮށްފައިވެއެވެ. އަދި އޭނާ އެވަގުތު ވަނީ އެތައް ދޮގުތަކެއް ހަދައިފައި ކަމަށާއި މިޝްފާ ބޭރަށް ނުފޮނުވާ ނުހުންނަ ކަމަށާއި ގޭގައި ބަންދު ނުކުރާ ކަމަށް ވެސް މަންމަ ބުނެފައި ކަމަށެވެ. "ރައްކާތެރި މާހައުލެއްގައެއް ނޫން މިއުޅެނީ، ބޭނުން ވަނީ މިތަނުން އަވަހަށް ނުުކުމެވޭނެ ގޮތެއް ވުން" މިޝްފާ ބުނެފައިވެއެވެ. އޭނާ ވަނީ އޭނާ އެތަނުން ނެރެދިނުމަށް އެހީތެރިވެދިނުމަށް އާންމުންގެ ކިބައިން ވެސް އެދިފައެވެ. މިކަމާ ގުޅިގެން "ދެން"އާ ވާހަކަ ދައްކަވަމުން އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެފައިވަނީ މިފަދަ މައްސަލައެއް އަދި އެ ކައުންސިލަށް ލިބިފައި ނުވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް