Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އަންމަޓީ ބަންދުން ދޫކޮށްލައިފި

އަންމަޓީ ބަންދުން ދޫކޮށްލައިފި

ސީލައިފްގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މޫސާ (އަންމަޓީ)އަށް ޝަރުތުތަކެއް ކުރުމަށް ފަހު ބަންދުން ދޫކޮށްލައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު މާޗް 13، 2014 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް ސީ-ލައިފްއާ ހަވާލުކޮށްފައި ވެއެވެ. ނަމަވެސް، އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމަ ނުކޮށް، މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު ދައުލަތުން ކުރެއެވެ.

އަންމަޓީގެ މައްޗަށް ކުރާ ތުހުމަތުތަކުގައި އޭނާ ހޯދަން ފުލުހުން އުޅުމުން އޭނާ ވަނީ ރާއްޖެއިން ފުރައިގެން ގޮސްފައެވެ. އެ ތުހުމަތުގައި އޭނާ ހޯދުމަށް 2019ވަނަ ރެޑް ނޯޓިސް ވެސް ނެރެފައިވެއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ލަންކާގައި ހުއްޓައެވެ.

Advertisement
HDC — Sidebar (box)

ސީލައިފުން ވަނީ 3000 ފްލެޓް އިމާރާތް ކުރާނެ ކަމަށް ބުނެ 280 މީހަކު އަތުން ފައިސާ ނަގައިފައެވެ. ކޮންމެ މީހެއްގެ އަތުން ބުކިން ފީގެ ގޮތުގައި އެކަނި ވެސް 50،000 ރުފިޔާ ނަގައިފައިވެއެވެ.

އަންމަޓީ ބަންދުން ދޫކޮށްލައިފައި ވަނީ ދެ ޝަރުތެއް ކުރުމަށް ފަހުގައެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި އަދި ރާއްޖޭއިން ބޭރަށް ފުރައިގެން ނުދިއުމަށެވެ.

އަޙްމަދު މޫސާގެ މައްޗަށް އުފުލައިފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް