ޚަބަރު

ނަފުތަރުގެ ބިލާ އެކު ދީނީ ބައިބައިވުން އުފެއްދުމުގެ ޖާގަ އެބައޮތް: އަނާރާ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ ބިލަކާއި ހެދި ގައުމުގައި ދީނީ ބައިބައިވުން އުފެދެއް ޖާގަ ދެވިގެން ނުވާނެކަމަށް ގަބޫލުކޮށް އެކަމަށް ސަރުކާރުން ވިސްނަން ޖެހޭ ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވެއްޖެއެވެ.

Ads by MWSC

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލާ އެކު އާއްމުންގެ ފާޑުކިޔުންތަކުގެ އަޑު ގަދަވެފައިވާ މިދަނޑިވަޅުގައި ސިޔާސީ ގިނަ ފަރާތްތަކަކުން ވެސް ދަނީ އެބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

"ބިލަކާ ހެދި ޤައުމުގަ ދީނީ ބައިބައިވުން އުފެދެން ޖާގަ ދެވިގެން ނުވާނެކަން ޤަބޫލުކޮށް ސަރުކާރާއި ދައުލަތުން ވިސްނަން ޖެހެއެވެ. އެންމެ ފުރަތަމަ ދީނާއި ޤައުމެވެ." ނަފްރަތުގެ ބިލަށް އިޝާރާތްކޮށް އަނާރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެެ.

ބިލާމެދު ދީނީ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުން މި ބިލުގައި ހިމެނޭ ނަފްރަތުގެ އަމަލު ، ޖިނާއީ ކުށަކަށް ހެދުމުގެ ބިލު ހުށައެޅީ ދީނީ ވިސްނުމަކުން ހަދީޘާއި އިމާމުންގެ ބަސްތަކަށް ރިއާޔަތްކޮށް ކަމަށް ބިލް ހުށަހެޅުއްވި ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މި ބިލްގެ ސަބަބުން، ދިވެހިރާއްޖެ ސައްތައިންސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި އޮތްއޮތުން ނިމުމަކަށް އަތުވެދާނެ ކަމަށް މަދަނީ ޖަމްއިއްޔާތަކުގެ އިއްތިހާދެއް ކަމަށްވާ ރައްޔިތުންގެ ޢިއްތިހާދުން ވެސް ވަނީ ބުނެފައެވެ.

Ads by Allied Insurance
  1. މުހަންމަދު

    ޔާމީނަސް ވަގަށް ގޮވާ މިވަރުގެ ބަޔަކާއި ވެރިކަން ހަވާލުކުރީ ތިބޭފުޅުންތާ…..ދެން ރަގަޅުވާނީ އަގަފުޅު މަޑުކޮށްގެން ގޭގަހުންނެވިއްޔާ….