ޚަބަރު

"ހޯމް ސްޓޭ" ފަތުރުވެރިކަމުން ރާއްޖެއަށް ފައިދާ ވާނެ: މައުސޫމް

ރައުފާ ރަޝީދު ، ދެން އޮންލައިން

ހަރުދަނާ ޤަވާއިދުތަކަކާ އެކު "ހޯމް ސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކުރެވިދާނެކަމަށް މިނިސްޓަރ އޮފް ޓުއަރިޒަމް އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

Ads by MWSC

މިނިސްޓަރ މައުސޫމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މެލޭޝިއާ ފަދަ މުސްލިމް ޤައުމުތަކުގައި ވެސް "ހޯމް ސްޓޭ" ފަތުރުވެރިކަން ކާމިޔާބު ކަމަށާއި މިކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ފައިދާ ވާނެ ކަމަށެވެ. އެގޮތުން ސަފާރީ ރިސޯޓު އަދި ގެސްޓު ހައުސްތަކަށް އަދި ރައްޔިތުންނަށް ވެސް މިކަމުގެ ފައިދާ ވާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިކަން ކުރުމަށް މުހިންމީ ހަރުދަނާ ތަންފީޒު ކުރެވޭނެ ފަދަ ޤަވާއިދުތަކެއް ކަމަށް، މިނިސްޓަރ ވިދާޅުވިއެވެ.

ހޯމްސްޓޭ ޓުއަރިޒަމް ރާއްޖެއަށް ތައާރަފްވުމަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި ދެކޭ ކަމަށް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް)އިން ވެސް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޖީއޭއެމުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހޯމްސްޓޭ ޓުއަރިޒަމް ރާއްޖެއަށް ތައާރަފްވުމަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާ ފުޅާވުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމުގައި އެ އެސޯސިއޭޝަނުން ދުއް ކަމުގައި ވިޔަސް، ހޯމްސްޓޭ ތައާރަފުކުރަން މި ހާލަތުގައި މިއީ އެންމެ ރަނގަޅު ވަގުތުތޯ ވިސްނާލުން ނުހަނު މުހިންމު ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!