ބޮލީވުޑް

ދޫމް 4ގައި ވިލަންގެ ރޯލުން އަކްޝޭ ފެންނާނެ ކަމަށް ކުރި އުއްމީދު ފެނަށް!

ދެން އެމްވީ ، ދެން އޮންލައިން

ދޫމް 4ގައި ވިލަންއެއްގެ ގޮތުގައި ފެންނާނީ ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި އަކްޝޭ ކުމާރު ކަމުގައި މީޑިޔާ ތަކުން ރިޕޯޓް ކުރި ނަމަވެސް އަކްޝޭ އެކަން ދޮގު ކޮށްފިއެވެ.

މީގެ ކުރިން ވެސް ދޫމްގެ ވިލަންގެ ރޯލުން ފެނިފައި ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންނެވެ. އެގޮތުން، އެ ފިލްމުގެ ފުރަތަމަ ބައިގައި ވިލަންގެ ރޯލުން ފެނިފައި ވަނީ ޖޯން އަބްރަހަމްއެވެ. އަދި ދެވަނަ ބައިގައި ރިތިކް ރޯޝަން އަދި ތިންވަނަ ބައިގައި މަސައްކަތް ކޮށްފައިވަނީ އާމިރު ޚާންއެވެ. 

ބޭރުގެ މީޑިޔާތަކުން މިކަން ރިޕޯޓް ކޮށްފައިވަނީ އާންމުން މި ފިލްމުން ފެންނާނީ އަކްޝޭ ނުވަތަ ސަލްމާން ޚާން ކަމަށް ލަފާ ކޮށްފައި ވަނިކޮށެވެ. އެގޮތުން މިކަމާ ގުޅިގެން ބައެއް އާންމުފަރާތްތަކުން ވަނީ މީސްމީޑިޔާގައި ޕޯސްޓުތައް ހިއްސާ ކޮށްފައެވެ. ނަމަވެސް މި ޕޯސްޓުތަކާ ގުޅިގެން އަކްޝޭ އަދި ސަލްމާން ވެސް އެއްޗެކޭ ބުނެފައި ނުވެއެވެ. 

ގިނަ މީހުން އަކްޝޭ މި ރޯލުން ފެނިދާނެކަމަށް ޤަބޫލު ކުރި މައިގަނޑު ސަބަބަކީ އަކްޝޭ އަކީ މީގެ ކުރިން ވެސް ގިނަ ފިލްމުތަކެއްގައި ނައްސި ރޯލު ތަކުން ފެނިފައިވާ ފަންނާނެއް ކަމުގައި ވާތީއެވެ. އޭގެ ތެރޭގައި ގައްބަރް އިޒް ބެކް، ބޮސް، ބްރަދާސް ހިމެނެއެވެ. އަދި އޭނާގެ އެންމެ މަޤުބޫލު ފިލްމު ތަކުގެ ތެރޭގައި ޕެޑް މެން، ހައުސް ފުލް، ގޯލްޑް ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!