Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޝަޒައިލްގެ ސަސްޕެންޝަން އުވައިލުމުން އަނބުރައި ވަޒީފާއަށް

ޝަޒައިލްގެ ސަސްޕެންޝަން އުވައިލުމުން އަނބުރައި ވަޒީފާއަށް

މަނީ ލޯންޑަރިންގެ ތުހުމަތު އުފުލުނު މޯލްޑިވް ގޭސްގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމްގެ ސަސްޕެންޝަން އުވައިލައިފިއެވެ.

ޝަޒައިލްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އެންމެ ފުރަތަމަ ބަލަން ފެށީ މި ސަރުކާރުގެ "ޒީރޯ ޓޮލަރެންސް ޓު ދަ ކޮރަޕްޝަން" ސިޔާސަތުގެ ދަށުން އެކުލަވައިލައިފައިވާ ޕޯޓަލްއަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. އެ ޕޯޓަލްއަށް ހުށަހެޅުނު ރިޝްވަތާއި ކޮރަޕްޝަންގެ މައްސަލަތަކެއް ތަހުގީގުކޮށްދިނުމަށް ރައީސް އޮފީހުން އޭސީސީގައި އެދިގެން، އެ މައްސަލަ އޭސީސީއިން ތަހުގީގުކޮށްފައިވެއެވެ.

މަނީ ލޯންޑަރިންގެ މި ތުހުމަތާ ގުޅިގެން 2019 އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޝަޒައިލް ހުރީ މުސާރަ ނުލިބޭގޮތަށް ސަސްޕެންޑްކޮށްފައެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް ޝަޒައިލްގެ ކޮރަޕްޝަންގެ މައްސަލަތަކެއް ނެތް ކަމަށް އޭސީސީން އެންގުމާ ގުޅިގެން، މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އޭނާގެ ސަސްޕެންޝަން ވަނީ އުވައިލައިފައެވެ. އަދި އޭނާއަށް ވަނީ އަނބުރައި ވަޒީފާއަށް ދެވޭނެ ގޮތް ވެސް ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް