ޚަބަރު

މަރައިލައިފައި އޮތް ކުއްޖާއަށް ޖިންސީ އަނިޔާކޮށްފައިވޭ، ފެނުނުއިރު ކުއްޖާ އޮތީ ވަރަށް ބޮޑަށް ކުނިވެފައި

ދެން އެމްވީ ، ދެން އޮންލައިން
ފިލަން ދިޔަ މީހުން ތިބި ގެސްޓް ހައުސް.. ފޮޓޯ/އަދަދު

މަރައިލައިފައި އޮއްވާ މިއަދު ފެނުނު 13 އަހަރުގެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާކަން ހާމަވެއްޖެއެވެ.

Ads by MWSC

ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް މި ވާހަކަތައް އެނގޭ މީހަކު "ދެން"އަށް ކިޔައިދީފައިވާ ގޮތުގައި މަރައިލައިފައި އޮއްވާ ފެނުނު ކުއްޖާއަށް ވަނީ އެކިވަރުގެ ޖިންސީ އަނިޔާ ކޮށްފައެވެ. އަދި މި މައްސަލަ ފުރަތަމަ ފެށުނީ މި ކުއްޖާ އުޅޭ ގޭންގެއްގެ މީހަކު މިކުއްޖާ ރޭޕް ކުރުމުން އެ ވާހަކަ އެހެން މީހުން ގާތު ކިޔަން ފެށުމުން ކަމަށް ބުނެފައިވެއެވެ. އަދި މިގޮތަށް ކަންތައް ވުމުން އެ ދެމީހުން އެ ކުއްޖާ ވަކިން ތަނަކަށް ގެންގޮސް ސުވާލު ކުރި ކަަމަށް ވެސް ވެއެވެ.

ސުވާލު ކުރުމުގެ ތެރޭގައި ކުއްޖާއަށް އެކި އަނިޔާތައް ކޮށްފައިވެއެވެ. މިފަދައިން ކަންތައްކޮށްފައި ވަނީ މަސްތުގެ ހާލުގައި ތިބި ބައެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ކުއްޖާއަށް ދެމުން ދިޔަ އަނިޔާތަކަށް ކެތްނުވެގެން އެވަގުތު ކުއްޖާ ހޭނެތުނު ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ.

މި ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި މޫދުގައި ފޮއްޓަކަށް ލައިފައި އޮއްވައެވެ. މިކުއްޖާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ކުއްޖާ ހޯދަމުން ދިޔަތާ ދެވަނަ ދުވަހުއެވެ.

މިކުއްޖާއަށް އަނިޔާކޮށް މަރައިލި ދެ މީހުން ފިލުމަށް ހެންވޭރު ދުނބުރި މަގުގައި ހުންނަ އެކްސްޓްރާ ހެވަން ކިޔާ ގެސްޓް ހައުސްއަކަށް ވަނީ ގޮސްފައެވެ. ކުއްޖާއަށް އަނިޔާ ކުރުމަށް ފަހު އެ މީހުން ފިލުމަށް ގެސްޓް ހައުސްއަށް ގޮސްފައި ވަނީ އާދީއްތަ ދުވަހުއެވެ. ފުލުހުން މިމީހުން ހައްޔަރުކޮށްފައި ވަނީ ރޭ އިރާކޮޅުއެވެ. ހައްޔަރުކޮށްފައި ވަނީ އުމުރުން 17 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

  1. މުހައްމަދު

    ތި ވެދާނެ ހަރުކަށި ފިކުރުގެ މީހުންގެ ކަމަކަށް. މަޑުކަށި މީހުންނަކަށް ތިވަރުގެ ކަމެއް ކުރަން ކެރޭނެހެނެއް ހިޔެއް ނުވެ.

  2. މޫސަ

    މިއީމާގިނަބަހުސެއް ކުރަނަްޖެހޭކަމެއްނޫން ޑުރަގުއެތެރެކުރާމީހުންނާއި މީހުންމަރާމީހުން މެރުމަށް ޤާނޫނުހެފުމުން މިހުރިހައިކަމެއްގެހައްލުލިބުނީ

    • ުމުހައްމަދު

      ކިތަންމެ ވަރަކަށްވެސް ޤާނޫނު ހެދިދާނެ. ޤާނޫނު އެބަ އޮތޭ އިސްލާމީ ޝަރީޢަތުގަ. އެ ޤާނޫނުތައް ތަންފީޒު ކޮށްގެން ހުރިހާ ކަމެއް ހަމަޔަކަށް އެޅޭނީ. ތަނެއްގަ ލިޔެފަ ޤާނޫނު ތަކެއް ހުއްޓަސް އެ ތަންފީޒު ނުކުރެވި އެއްވެސް ކަމެއް ރަނގަޅެއް ނުވާނެ. ނެތީ ޤާނޫނެއް ނޫން. އެ ތަންފީޒު ކުރާނެ ވެރިއެއް.

  3. ޜައްޔިތެއް

    ކުއްވެރިންގެ ހައްގުތަށް ރައްކާތެރި ކުރަންހަދައިގެން އާއްމުރައްޔިތުން މިޖެހެނީ ގުރުބާންވާން. މަރަށްމަރު ހިފަންވީ.

    • ސުމާ

      ޜަނގަޅު ވާހަކައެއް.ދެން ވެރިކަމަށް ގެންނަންވީ އިސްލާމީ ޝަރީއަތް މިތަނުގަ ގާއިމްކުރާނެ ވެރިޔެއް.އެވަރުގެ ހިތަވަރެއްނެތްމީހަކު ކުރިމަތިލައިގެން ނުވާނެ.

  4. މުނާއްކޮ

    ގެސްޓްހައުސް ތަކުގައި ކިތަންމެ ވަހުށީ ކަންތަކެއް ހިންގާ. އެތަންތަން ބެލެހެއްޓޭނެ ގޮތެއް ނެތްތޯ

  5. އީސަ

    ޖަހާ ނުބައި ނުލަފާ ވައްތަރު ނިކަން ދެކިބަލަ.

  6. ތިޔަކަން އެނގޭމީހާ ކީއްވެބާ ފުލު ހަށް ނޭންގީ. ނޫނީ ތި މައުލޫމާތު ދިން މީހާ ފުލުހަށް އެންގީމަ ވެސް ފުލުހުން އަޅާ ނުލީ ބާ! މިހާރު ހީވާން ފަށައިފި ފުލުހުން ފަރުވާ ކުޑަކުރީ ކަމަށް. ފުލުހުން ވެސް އެބަބުނޭ ކުއްޖަ ކަށް އަނިޔާކުރި ކަމުގެ މައުލޫމާތު ލިބުނޭ . އެކަމާ އެޅި ފިޔަވަޅެއް ނުބުނޭ . މިއޮތީވާ ގައުމެއް.

  7. ބޮޑުބެ

    13 އަހަރުގެ ކުއްޖަކު ގޭންގެއްގަ އުޅެން ވީ މަ ވަރަށް ބޮޑު މައްސަލަ އެއް ތީ.

    • ކުޑަބެ

      އުމުރުން ކިހާ ހިސާބަކުން ފެށިގެން ގޭންގެއްގަ އުޅެވެނީ؟

      • ލައިލާ

        ހަހަހަ، ތެދެއް ތިބުނީ. ތިގޮތެއް ޖެހިއްޖެ ބަލަން. ހީގާގޮތުން 18 އަހަރު ފުރުނީމަ މެމްބަރަކަށް ވެވޭނެ. ތި ގޭންގްތަކަކީ ސަރުކާރުން ބަޖެޓް ދީގެން ހިންގާ މުވައްސަސާތަކެއް ކަމަށް ލަފާކުރެވޭ.

  8. އިބުރާހީމް ޝަމީމް

    މަސްތުވާ ތަކެއްޗަކީ ހުރިހާ ނުބައި ކަމެއްގެ އަޞްލެވެ. އެފަދަ މީހުންގެ ކިބައިން މިފަދަ އެތައްކަމެއް ހިގާނެއެވެ.

    • ދޮންކަބުލޮ

      ނާތެދެެއް ތިބުނީ މަސްތުވާ ތަކެތި ބޯމީހުން އެންމެ ގިނައިން ކުޑަކުދިން ޖިންސީގޯނާ ކުރަނީ… ކޮންމެކަމެއް ސަރުކާރާ ނޫނީ މަސްތާ ގުޅުވައިގެއް ތިބޭތީ ފޯކަސް ކަޓާފަ ތިބެނީތި… ހަމައިގަތިބެ ހީވެސް ނުކުރާ މީހުން އެބަތިބި ހަމަމިހާ ބިރުވެރި ކައްތައްަތައް ކޮއްފަ ..ގިނައީ މުޱްތަމަޔަ ނޭގި ފަޅާނާރާ ކަންތައްތައް

  9. އެކުވެރިއެއް

    މިހާރު މިޤައުމުގައި ހިންގާ ޖަރީމާތަށް ހުއްޓުވޭނީ ދޮންޖޭމް އުމަރުއަށް ހައްލު އޮތީ އުމަރު ނަސީރު މިޤައުމުގެ ވެރިއަކަށް ހޮވިގެން ވަރަށް ވަރަށް ސާފް އިނގޭތޯ

    • ދޮންޖޭމް

      ހައްލަކީ ޢުމަރެއް ނޫން ހައްލަކީ އިސްލާމީ ޝަރީޢަތް ތަންފީޒް ކުރުން ކޮންމެ މީހަކު ވެރިކަމަށް އެރިޔަސް

  10. ޢަހުމަދު

    މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރޭގައި ، ޖިންސީ ކަންކަން ހިންގުމަކީ މިހާރު ވަރަށް އާންމު ކަމެއް، ހާއްސަ ކޮށް މަސްތުވާތަކެތި ބޭނުންކޮށްގެން އެއްޖިންސުން ގުޅުންހިންގާ ޒުވާނުންގެ ތެރޭގައި

  11. އަލީ

    މަސްތުވާތަކެއްޗަކީ ހުރިހާ ނުބައިކަމެއްގެ ފެށުން

  12. އަލީ

    އެމީހުން ހޯދާ އެމީހުން ނައް ހައްގު އަދަބުދީ ދޫކޮއްގެން ނުވާނެ

  13. ޙަބީބު.

    ނުކުޅެދޭގާނޫނާ މަޖިލިސް އުވާލާ އަސްލުގާނޫނައް އަމަލުކުރާ ވެރިޔަކާ ހިޖާބުން ނިވާވެފަ ތިބިއަދުލައް ހުކުންކުރާ ފަނޑިޔާރެއް ބޭނުމީ މިކަން ހައްލުވީ

  14. ޭޭޭއެކަނިމީހާ

    ހުރިހާމައްސަލައަކީ ފަޑިޔާރުން ރިށްވަތށްމައްސަލަ މިންމުން މަރަންވީފުރަތަމަ ފަޑިޔާރުން

  15. ަމާހިދު

    ތި ވާހަަަކަތައް ކިޔާދިން މީހާ ތި ހުދިހާ ކަމެއް ކުރި އިރުގަ ހުރީ ކައިރީގަ ތިހާ ތަފްސިލުކޮއް ތި ހާދިސާ ކިޔައިދޭން ތި އިގުނި… ނޫނީ ތީ ތިޔަ މީހަކު ލިޔެފަ އޮތް ވާހަކަ އެއް ތަ؟؟