މަރައިލައިފައި އޮއްވާ ފެނުނު ކުއްޖާއަށް ޖެންޑާއިން ދިޔައީ އެހީތެރިކަން ފޯރު ކޮށްދެމުން
ރަހީނުކޮށް، ރަހުމު ކުޑަ ގޮތަކަށް މަރައިލައިފައި އެއްލާލި ކުޑަކުއްޖާއަކީ މިނިސްޓްރީ އޮފް ޖެންޑާއިން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކުއްޖެއްކަމަށް އެ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މި މައްސަލައާ ގުޅިގެން ޖެންޑާ މިނިސްޓްރީއާއި ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު ޔުމްނާ ވިދާޅުވީ އެ ކުއްޖާގެ އާއިލާއަކީ އެ މިނިސްޓްރީއާ އެކު އެ ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާތުން މަސައްކަތް ކުރި އާއިލާއެއް ކަމަށެވެ.
"މި އާއިލާއަކީ އަޅުގަނޑުމެންނާ އެއްކޮށް މި ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް ގާތުން މަސައްކަތް ކުރަމުން ދިޔަ އާއިލާއެއް. ކުއްޖާއާ އެކު ކުރެވިފައިވާ ވޭދަނައިގެ މަސައްކަތުން، ކުއްޖާއަކީ ތައުލީމު އުނގެނެމުން ދިޔަ ކުއްޖެއްކަން ފާހަގަ ކުރެވުނު" ޔުމްނާ ވިދާޅުވިއެވެ.
ރަހީނުކޮށް މަރައިލި ކުއްޖާއަކީ ތައުލީމީ ގޮތުން ގާބިލު ކުއްޖެއްކަން އެ ކުއްޖާގެ މުދައްރިސުން ވެސް ފާހަގަ ކުރެއްވި ކަމަށް ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން ޔުމްނާ ވިދާޅުވީ މި ކުއްޖާގެ ވޭދަނައިގައި މަސައްކަތް ކޮށްފައި ވަނީ އެ ކުއްޖާގެ މަންމައާއި ގުޅިގެން އިޖުތިމާއީ ގޮތުން ކުއްޖާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެހެންކަމުން މި ޚަބަރު ވެގެން ދިޔައީ މުޅި ޖެންޑާ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ވެސް ކުއްލި ސިހުމެއް ލިބި ހިތާމަވެރި ޚަބަރަކަށްކަން ވެސް ޔުމްނާ ފާހަގަ ކުރެއްވިއެވެ.
މި ކުއްޖާގެ ހަށިގަނޑު ފެނިފައި ވަނީ ހުޅުމާލޭ ފޭސް ދޭއްގައި މޫދުގައި ފޮއްޓަކަށް ލައިފައި އޮއްވައެވެ. މިކުއްޖާގެ ހަށިގަނޑު ފުލުހުންނަށް ފެނިފައި ވަނީ ކުއްޖާ ހޯދަމުން ދިޔަތާ ދެވަނަ ދުވަހުއެވެ.
ހުސް ދޮގު. އެމީހުންނަށް ކިތައްފަހަރު މައްސަލަ ހުށަހެޅި. ހަމަ އަޅާވެސް ނުލާ