ރާއްޖޭގައި ކޮވިޑް ޖެހޭ ކުޑަކުދިންގެ ފަރާތުން އިތުރު ބައްޔެއް ފެންނަން ފަށައިފި

ރާއްޖޭގައި ކޮވިޑް-19ޖެހޭ ކުޑަކުދިންގެ ފަރާތުން މަލްޓިސިސްޓަމް އިންފްލްމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރަން (މިސް-ސީ) ފެންނަން ފަށައިފި ކަމަށް ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ ފައިސަލް ވިދާޅުވިީ، މި ބަލި ފެންނަނީ ކޮވިޑް ޖެހިފައިވާ ކުޑަކުދިންގެ ތެރެއިން 3 އަހަރާއި 10 އަހަރާ ދެމެދުގެ ކުދިންގެ ފަރާތުން ކަމަށާއި، ކޮވިޑު ޖެހިފައިވާ މުއްދަތުގައު ވެސް މި ބަލި ކުޑަކުދިންނަށް ޖެހޭކަމަށެވެ.
ޑރ ފައިސަލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، <span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0">ކޮވިޑުގެ ރާޅަށް ފަހު މިސް-ސީ</span><span class="css-901oao css-16my406 r-poiln3 r-bcqeeo r-qvutc0"> ޖެހިގެން އަންނަ ކުދިން ފެންނަން ފަށައިފި ކަމަށާއި، ބަލީގެ ތެރޭގަޔާއި ބަލިން ރަނގަޅުވެ 2 ހަފްތާފަހުން އަންނަ ކުދިން ވެސް މީގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި މި ބަލީގެ އަލާމާތްތަކުގެ ތެރޭގައި ގަދައަށް ހުން އައުމާއެކު ކަރުގަޔާއި ގައިގާ ރިއްސުމުގެ އިތުރުން ހޮޑުލުމާއި ލޭގެ ޕުރެޝަރ ދަށްވުން ފަދަ ކަންކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ފައިސަލްގެ ޓުވީޓްގައި ވެއެވެ. </span>
https://twitter.com/Faisalnaifaru/status/1407022166390964224?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1407022166390964224%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fthepress.mv%2F127476
މި ބަލީގެ އެންމެ ބޮޑު އަލާމާތަކީ ގަދައަށް ހުންއައުންކަން ފާހަގަ ކުރައްވައި ޑރ ފައިސަލް ވިދާޅުވީ، ގާތްގަނޑަކަށް 39، 40 ޑިގްރީ ސެލްސިއަސްގައި މަދުވެގެން 3 ދުވަސް ވަންދެން ހުން އަންނަ ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓު ނުކޮށް ހުއްޓައި އޭގެ ފަހުން މި ބަލީގެ އަލާމާތްތައް ފެނި ޓެސްޓު ކުރާއިރު މި ބަލި ޖެހިފައިވާ ކުދިން ވެސް އެބަތިބި ކަމަށް ވެސް ޑރ. ފައިސަލް ވަނީ ފާހަގަ ކުރައްވައިފައެވެ.
މި ބަލީގެ އަލާމާތްތައް ފެނުމުން ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަކީ މުހިންމު ކަމެކެވެ. އަދި މި ބަލިން އެއްކޮށް ރަނގަޅު ވުމަށް ޓަކައި ގާތްގަނޑަކަށް ދެ ހަފްތާ ވަރު ނަގައެވެ.




.webp)

ކޮމެންޓް