ދުނިޔެ

ކަރަންޓީނާ ނުލައި ޕުކެޓަށް ދެވޭނެ ގޮތް ހަދައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގިނަ ފަތުރުވެރިންގެ ދަތުރު މަންޒިލެއް ކަމުގައިވާ ތައިލެންޑުގެ ޕުކެޓަށް، ކަރަންޓީނު ވުމަކައި ނުލައި ދެވޭނެ ގޮތް ހަދައިފިއެވެ.

Ads by Sosun Fihaara

ހަލުވިކަމާ އެކު ކޮވިޑް-19 ފެތުރުމާ ގުޅިގެން ތައިލެންޑުން މީގެކުރިން ވަނީ އެ ޤައުމަށް މީހުން އެތެރެވުން މަނާ ކޮށްފައެވެ. އެކަމުގެ ސަބަބުން އެ ޤައުމުގެ އިޤްތިސާދު 1997 ވަނަ އަހަރުން ފެށިގެން ދަށް ނުވާ ވަރަށް ވަނީ ދަށަށް ގޮސްފައެވެ.

ފަތުރުވެރިކަމަކީ ތައިލެންޑުގެ ވެސް އިގްތިސާދަށް މުހިންމު ކުރިއެރުންތަކެއް ލިއްބައިދިން ސިނާއަތަކަށް ވުމުން، ފަތުރުވެރިކަން އަލުން ފެށުމުގެ ތެރެއިން މިދިޔަ މާޗް މަހު "ޕުކެޓް ސޭންޑްބޮކްސް" ގެ ވާހަކަ އެ ޤައުމުގެ ސަރުކާރުން ވަނީ ދައްކަން ފަށައިފައެވެ.

އެގޮތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ފަތުރުވެރިންނަށް ދެ ހަފްތާ ކަރަންޓީނުގައި މަޑު ކުރުމެއް ނެތި ޕުކެޓަށް ދަތުރު ކުރެވޭނެ ގޮތް މި ސްކީމް މެދުވެރިކޮށް ވަނީ މަގުފަހިކޮށްފައެވެ. ނަމަވެސް މި އަހަރުގެ އޭޕްރިލް މަހު ތައިލެންޑަށް އެރި ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު އެ ޤައުމުން ވަނީ އެ ސްކީމް ތަންފީޒު ކުރުން މަޑުޖައްސައިލައިފައެވެ.

ނަމަވެސް ތައިލެންޑުގެ ކޮވިޑް ހާލަތު މިހާރު ރަނގަޅުވުމާ ގުޅިގެން، އެ ޤައުމުގެ އެކަމަކު ކަމާ ބެހޭ އިދާރާތަކުން މިދިޔަ ހުކުރު ދުވަހު ބުނީ ޖުލައި އެއް ވަނަ ދުވަހުން ފެށިގެން ސޭންޑްބޮކްސް ސްކީމް ތަންފީޒު ކުރަމުން ދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!