Monday, 2 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކަރަންޓީނާ ހިލާފެއް ނުވަން، ޖޫރިމަނާއެއް ނުކުރޭ، އެއްވެސް ކެފޭ އަކަށް ވެސް ނުދަން: މިނިސްޓަރު ނަހުލާ

ކަރަންޓީނާ ހިލާފެއް ނުވަން، ޖޫރިމަނާއެއް ނުކުރޭ، އެއްވެސް ކެފޭ އަކަށް ވެސް ނުދަން: މިނިސްޓަރު ނަހުލާ

ކަރަންޓީނު އުސޫލާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާ ކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ދޮގު ކުރައްވައިފިއެވެ.

ކަރަންޓީނު އުސޫލާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާ ކުރިތޯ "ދެން"އިން ސުވާލުކުރުމުން، މިނިސްޓަރ ނަހުލާ ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

"އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. ފަތުރައިގެން އުޅޭ ދޮގު ވާހަކައެއް އެއީ. ކަރަންޓީނުގައި ހުރެފައި ބޭރަކަށް ވެސް ނުނިކުންނަން، އަދި ޖޫރިމަނާކޮށް އެކަހަލަ ކަމެއް ވެސް ހިނގައިފައިއެއް ނެތް" މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެއިތުރުުން މިނިސްޓަރ ވިދާޅުވީ މިއީ ނުހިނގާ ކަމެއްކަން ލިޔުމަކުން ނަމަވެސް އެކަމަނާއަށް ދެއްވަން ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު އަރިހުން ވެސް އެދިފައިވާނެ ކަމަށެވެ.

މިނިސްޓަރު ނަހުލާ ޖޫރިމަނާ ކުރީ ކެފޭއެއްގައި "ޝީޝާ ބޯން" އިން ކަމަށް ބުނެ ފެތުރެމުންދާ ވާހަކަ ވެސް އެކަމަނާ ވަނީ ދޮގުކޮށްފައެވެ. މިނިސްޓަރު ވިދާޅުވީ ކެފޭއަކަށް ވެސް ވަޑައި ނުގަންނަވާ ކަމަށެވެ.

"ކިހިނެއްތޯ ކެފޭއަކަށް ދާނީ ފުރަތަމަ؟ ކެފޭތައް ބަންދު ކޮށްފަ ނޫންތޯ ހުންނަނީ؟" މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.

އޮންލައިން ނޫހެއްގައި ބުނެފައި ވަނީ މިނިސްޓަރު ނަހުލާ މިދިޔަ ހަފުތާ ބަންދުގައި ދުބާއީއަށް ވަޑައިގަތުމަށް ފަހު އެނބުރި ރާއްޖެ ވަޑައިގެން ކަރަންޓީނުވެ ވަޑައިނުގެން ބޭރު ތެރޭގައި އުޅުއްވަނިކޮށް ރޭގެ ވަގުތެއްގައި ކަމަށް އެ މިނިސްޓްރީގެ އިސް އޮފިޝަލަކު އެ ނޫހަށް މައުލޫމާތު ދެއްވި ކަމަށެވެ. ނަމަވެސް ޓްރާންސްޕޯޓު މިނިސްޓަރު ވަނީ އެ ވާހަކަތައް ދޮގު ކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް