ޚަބަރު

ނަފްރަތުގެ ބިލާ ދެކޮޅަށް 107 ޖަމްއިއްޔާއެއް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލާ ދެކޮޅަށް 107 ޖަމްއިއްޔާއަކުން ބަޔާނެއް ނެރެފިއެވެ.

Ads by STELCO

107 ޖަމްއިއްޔާއަކުން އެކުވެގެން ނެރެފައިވާ މިބަޔާނުގައި ބުނެފައިވާގޮތުން ބިލުގެ ސަބަބުން މި ފަހަކަށް އައިސް މުޖުތަމައުގައި ފެތުރޭ ދީނާ ހިލާފު، ހައްދުފަހަނައަޅައި ހަރުކަށިވެދިޔުމުގެ ނުރައްކާތެރި ފިކުރާއި އިސްލާމްދީނާ މެދު ނަފްރަތު އުފައްދާ ލާދީނީ ފިކުރުތައް އެއްވެސް ގާނޫނީ މަނާކުރުމެއް ނެތި މިނިވަންކަމާ އެކު އެމީހުންގެ ބާތިލު ފިކުރުތައް ފެތުރުމަށް މަގު ފަހިވެގެންދާނެ ކަމަށް ބުނެފައި ވެއެވެ.

"މި ބިލު ފާސްކުރަން ނުފެންނަ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަށް ލަފާދެއްވައިފައިވުމާއި ގިނަ އަދަދެއްގެ ދަންނަބޭކަލުން އެކުވެގެން އެބިލު އަނބުރާ ގެންދިޔުމަށް ރައީސުލްޖުމްހުރިއްޔާއަށް އިލްތިމާސްކޮށްފައިވުމުން މި ބިލާ މެދު މަދަނީ ޖަމިއްޔާތަކުން އަމަލު ކުރަންޖެހޭ ގޮތް ވަނީ ވަރަށް ސާފުކޮށް ބަޔާންވެގެންނެވެ." ޖަމްއިއްޔާތަކުގެ ބަޔާނުގެ ވެއެވެ.

މި ބިލް ނެގުމަށް ގޮވައިލައި ނެރެފައިވާ ބަޔާނުގައި ޖަމްއިއްޔާތަކުން ބުނީ މި ބިލު ފާސްވެއްޖެނަމަ މުޖުތަމައުގެ ތެރޭގައި އެތަކެއް ގޯސްތަކެއް ފާޅުވެގެން ހިނގައިދާނެ ކަމަށާއި މިބިލުގެ ސަބަބުން ގާނޫނު އަސާސީގެ 10 ވަނަ މާއްދާގައިވާ ދިވެހި ދައުލަތުގެ ދީންކަމަށްވާ މާތްވެގެންވާ އިސްލާމްދީނަށް މަދަނީ މުޖުތަމައުގައި ދެވިފައިވާ މަގާމު ހަނިވެ ދީނުގެ ދައުރު ދިވެހިންގެ ދިރިއުޅުމުން ވަރަށް ބޮޑަށް ހަނިވެގެން ދާނެ ކަމަށެވެ.

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި މުސްލިމަކަށް ކާފަރެއްކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުށައެޅުއްވި ބިލާ ދެކޮޅަށް ގިނަ ރައްޔިތުން އަޑު އުފުލަމުން ދާއިރު އެބިލް ފާސްކޮށްދިނުމަށް އެމްޑީޕީން ވަނީ ސަރުކާރަށް ގޮވައިލައިފައެވެ.

  1. ވަހީދުބެ

    ރާޖޭގެހުރިހާރަތްޔިތުންނުރުހުނަސްއެކަންކުރަންޖެކަމެކޯއެކުދިންފާޅުގައެބުނީނޫތަ؟ދެންއަޅުގަޑުކިއެށްތަކުރާނީ!އަޅުގަޑުގެޕާޓީކުދިންބުނީބަސްއަހާގެންހުންނާށޭ(ދެންއަތްޖަހާ)

    • Adindaa19

      ކަލޯ އަދި މާއަވަސް އަތްޖަހަން. ތި ބިލް ފާސް ވެގެން ނުކުތީމާ ދެން އުކުނޑި ކޮށްޓަން ފެށީމާ ކަންތައްތަށް ދާގޮތަކުން ބާރަށް އަތް ޖަހަން ވީ. ކަލޯމެންގެ ސިކުނޑި އިންތާ ވަޅުގަޑު ހެދިފަ ތޯ އިނީ ވެސް ބަލާލާތި. ތި އުޅެނީ އަނދިރި ފަތިހެއްގަ. ޢިރުނާރައިގެން.

  2. އުދުހޭކޮކާ

    ލޯބިވެރިޔާގެ ހައްޤުގައި ތިހެން ނުހައްދަވާ.ބިލު ފާސް ކުރަން ފެނޭ.

    • ވައްޑު

      ބިލް ފާސްކުރޭ މިއަދު މާދަމާ ބަދަލުވާނެ