ދުނިޔެ

ކެނެޑާ ބޯޑިން ސުކޫލެއްގެ ތެރޭ ވަޅުލައިފައިވާ 700 ކުދީންގެ ހަށިގަނޑު ފެނިއްޖެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކެނެޑާގެ ކައުސެސް ފަސްޓް ނޭޝަންގެ ކުރީގެ ބޯޑިން ސުކޫލެއްގެ ތެރެއިން ވަޅުލައިފައިވާ 700އަށް ވުރެ ގިނަ ކުޑަކުދިންގެ ހަށިގަނޑު ފެނިއްޖެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެފިއެވެ.

Ads by Sosun Fihaara

ސީއެންއެންއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި އިންޑިއަން ރެސިޑެންޝިއަލް ސުކޫލެއްގެ ތެރޭގައި ވަޅުލައިފައިވާ 750 ކުއްޖެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އިތުރު ހަށިތައް ފެނޭތޯ އަދިވެސް މަސައްކަތް ކުރިއަށް ދާއިރު މިއަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ،ބުނެއެވެ. އަދި މަސައްކަތް ހުއްޓައިލާނީ ހުރިހާ ހަށިތަކެއް ފެނުމުން ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

ކައުސެސަސް ފަސްޓް ނޭޝަންގެ އޮފިޝަލުން ބުނާގޮތުގައި މިއީ އިންސާނިއްޔަތާ ދެކޮޅަށް ހިންގައިފައިވާ ބޮޑު ޖަރީމާއެކެވެ

ކެނެޑާގެ ސޮވެރިން ފެޑެރޭޝަނުން ކުރިއަށް ގެންދާ މިއޮޕަރޭޝަނާ ބެހޭ ގޮތުން މައުލޫމާތު ދެމުން އެފެޑެރޭޝަންގެ ޗީފް ބޮބީ ކެމެރަން ބުނެފައިވާގޮތުގައި މިއީ ހިތަށް ވެސް ނުގެނެވޭވަރުގެ އަނިޔާވެރި ގަތުލްއާންމެކެވެ.
"ދުނިޔެ އޮތީ ބަލަން މި ގަތުލުއާއްމުގެ މައުލޫމާތެއް ލިބޭތޯ. އަހަރުމެން މިމަސައްކަތް ކުރަނީ ވީއެންމެ އަވަހަކަށް މިކަން ހިިނގައިފައިވާ ގޮތުގެ މައުލޫމާތު ހޯދައި އެންމެހާ ފަރާތްތަކަށް ފޯރުކޮށްދެވޭތޯ" ކެމެރަން ބުންޏެވެ.
މިހަށިތައް ފެނިފައި ވަނީ މިދިޔަ ހަފްތާގައި ކެނެޑާގެ އެހެން ބޯޑިންގ ސުކޫލެއްގައި ވަޅުލައިފައި އޮތް 215 ކުއްޖެއްގެ ހަށިގަނޑު ފެނިގެން ހިންގި އޮޕަރޭޝަނެއްގެ ތެރެއިންނެވެ.

  1. ވަހީދުބެ

    ދިވެހިފުލުންނާހަވާލުކުރޭ؟އެންމެއަވަސްތަހުގީގުކޮއްކުއްވެރިންފޮރުވާކަމާނުބެހޭބަޔަކައްއަދަބުލިބޭނީއެއިރުން!