ޚަބަރު

ޗެމްޕިއަން ޕޯޗުގަލް އަތުން ހަނި މޮޅެއް ހޯދައި ބެލްޖިއަމް ކުއާޓާއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ޔޫރޯ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލްގެ މައްޗަށް ކުރި ހޯދައި ކުއާޓާ ފައިނަލުގެ ޖާގައެއް ބެލްޖިއަމުން ކަށަވަރު ކޮށްފިއެވެ.

Ads by MWSC

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗު ބެލްޖިއަމުން ކާމިޔާބު ކުރީ 1-0ގެ ފަރަގު ކުޑަ ނަތީޖާއަކުންނެވެ.

ރޭ ދަންވަރު 12 ޖަހާއިރު ކުޅެވުނު މި މެޗުގައި ޕޯޗުގަލްއިން ވަނީ ތަނަވަސް ފުރުސަތުތަކެއް ހޯދާފައެވެ. ގިނަ ހަމަލާތަކެއް ގޯލަށް ވެސް އަމާޒު ކޮށްފައެވެ. އެގޮތުން މެޗުގެ ވަރަށް ކުރީ ކޮޅު އެ ޓީމުގެ ޑިއެގޯ ޖޮޓާއަށް ވަނީ ލަނޑެއް ޖަހާނެ ހުސް ފުރުސަތެއް ލިބިފައެވެ. ނަމަވެސް އެ ފުރުސަތު ވެސް ބޭނުން ނުކުރެވި ދިޔައީ އަރިމަތިން ބޭރަށެވެ.

މި މެޗުގައި ބެލްޖިއަމް ޓީމުން ލީޑު ނަގައިފައިވަނީ މެޗުގެ 42ވަނަ މިނެޓުގައެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ތޯގަން ހަޒާޑެވެ. އޭރިއާ ބޭރުން އޭނާ ފޮނުވައިލި ބާރު ހަމަލާ ގޮސް ވަނީ ގޯލުގެ ކަނަކަށެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެފައި ވަނީ ޕޯޗުގަލްގެ ޓީމުންނެވެ. އެގޮތުން ޕޯޗުގަލްގެ ރަފައެލް ގަރޭރޯ ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ.

ބެލްޖިއަމް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރު ކޮށްފައިވާއިރު ކުއާޓާގައި އެ ޓީމުން ވާދަ ކުރަން ޖެހޭނީ އިޓަލީއާއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!