Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރައީސް ޞާލިހް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސް ޞާލިހް މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

އެކަން އިއުލާނު ކުރައްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު ހަވީރު 4:00 ރައީސް ޞާލިޙު ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނާ އެކު މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement
Ooredoo — Truecaller (box)

https://twitter.com/MvSpokesperson/status/1409787447915945984?s=20

އެނގިފައިވާ ގޮތުގައި، ކޮވިޑް-19އާ ގުޅިގެން މާލެ ސަރަޙައްދުގައި މިހާރު އަޅައިފައިވާ ބައެއް ފިޔަވަޅުތަކަށް މި ބައްދަލުވުމުގައި ލުއިދިނުމަށް ވަނީ ހަމަޖެހިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް