Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ތޮލާލްގެ ރައްދު އަނދުން ހުސެއިންއަށް: ދޮގު ހަދައިގެން ވާހަކަ ދެއްކުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ވާނެ ސިފައެއް ނޫން

ތޮލާލްގެ ރައްދު އަނދުން ހުސެއިންއަށް: ދޮގު ހަދައިގެން ވާހަކަ ދެއްކުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ވާނެ ސިފައެއް ނޫން

އިންޑިއާގެ ނެޝަނަލް އިންޓަރ ސްޓޭޓް ސީނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ޖާރޒީ ލައިގެން އިންޑިއާ އެތުލީޓަކު ދުވި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން (އަނދުން ހުސެއިން) ދެއްކެވި ވާހަކަތައް އެތުލެޓިކްސް އެސޯސިއޭޝަންގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ދޮގު ކުރައްވައިފިއެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ފޮރިން ސަރވިސްގެ ބިލަށް ކުރެވުނު ބަހުސްގައި ޕީޕީއެމްއަށް ނިސްބަތްވާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވާހަކަދައްކަވަމުން ގެންދަވަނިކޮށް އަނދުން ހުސެއިން ވަނީ ނިޒާމީ މައްސަލައެއް ނަންގަވައި ތޮލާލަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ބޭރުގެ ނުފޫޒު ރާއްޖެއަށް އަތުވެދާނެ ކަމަށް ޝިޔާމް ވާހަކަދައްކަވާއިރު، އެ ނުފޫޒު ވަދެފައި އޮތީ ޕީޕީއެމްއަށް ކަމަށާއި އެގޮތުން މިދިޔަ ހަފްތާގައި އިންޑިއާގައި ބޭއްވި އެތުލެޓިކްސް މުބާރާތުގައި އިންޑިއާގެ ދުވުންތެރިއެއް ދިވެހި ޖާރޒީ ލައިގެން ދުވި ކަމަށް އަނދުން ހުސެއިން ވިދާޅުވިއެވެ. އަދި އެކަން ކުރެއްވީ ތޮލާލް ކަމަށް ވެސް ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން "ދެން" އިން ސުވާލު ކުރުމުން ތޮލާލް ވިދާޅުވީ ދިވެހި ޖާރޒީ ލައިގެން ބޭރު މީހަކު ދުވެފައެއް ނުހުންނާނެ ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެވަރުގެ ވާހަކައެއް ކަމުގެ ހަގީގަތް ނުހޯދާ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement
Ooredoo — Square (box)

"މީހަކު އެއްޗެއް ބުނާއިރަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހުގެ ޗެމްބަރުގައި އެއްޗެއް ވިދާޅުވާން ވާނީ އެކަމުގެ ހަގީގަތް ރަނގަޅަށް އޮޅުން ފިލުވާފަ. ސިޔާސީ ގޮތުން މަންފާއެއް ހޯދުމަށް ހަމަ އެއްޗެއް ވިދާޅުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން" ތޮލާލް ވިދާޅުވިއެވެ.

މީގެއިތުރުން ތޮލާލް ވިދާޅުވީ ދިވެހި ޖާރޒީ ލައިގެން އިންޑިއާ މީހަކު އަދި ބޭރު މީހަކު ވެސް ދުވެފައެއް ނުހުންނާނެ ކަމަށާއި އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި ދޮގު ހަދައިގެން މަޖިލިސް ތެރޭގައި ވާހަކަ ދެއްކުމަކީ މަޖިލިސް މެމްބަރެއްގެ ހުންނަން ޖެހޭނެ ސިފައެއް ނޫން ކަމުގައި ވެސް ތޮލާލް ވިދާޅުވިއެވެ.

އަނދުން ހުސެއިން މިވަރުގެ ވާހަކައެއް މިއަދު ދެއްކެވީ ހަގީގަތް އޮޅުން ނުފިލުވާ ކަމަށާއި މައުލޫމާތު ހޯދައިލަން އެއްވެސް ގޮތަކަށް މަސައްކަތް ވެސް ނުކުރައްވާ ކަމަށް ވެސް ތޮލާލް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް