ދުނިޔެ

ވެކްސިން ޖަހައިފައި ތިބި އިންޑިއާ މީހުން ޔޫރަޕަށް ދަތުރު ކުރުމުގެ ހުއްދައަށް އެދިއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މުޅި ދުނިޔޭގެ ނިސްބަތަށް ބަލާއިރު ވެސް މިވަގުތު ކޮވިޑް-19އަށް އެންމެ ގިނަ އަދަދެއްގެ މީިހުން ފައްސި ވެފައިވާ އިންޑިއާގައި، މި ބަލިން ރައްކާތެރިވުމުގެ ގޮތުން ވެކްސިން ޖަހައިފައި ތިބި މީހުން ޔޫރަޕަށް ދަތުރު ކުރުމުގެ ހުއްދަ ދޭން ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގައި އެދިއްޖެއެވެ.

Ads by Sosun Fihaara

ބޭރުގެ ރިޕޯޓުތަކުން ބުނާ ގޮތުގައި އިންޑިއާއިން މިރޭ އީޔޫގައި އެދިފައި ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެ ޤައުމުން ކޮވިޝީލްޑް ވެކްސިނާއި ކޮވެކްސް ވެކްސިން ޖަހައިފައި ތިބި މީހުންނަށް ޔޫރަޕްގެ އެކި ޤައުމުތަކަށް ދަތުރު ކުރުމުގެ ހުއްދަ ދިނުމަށެވެ.

އެގޮތުން "ގްރީން ޕާސްޕޯޓް" ސްކީމްގެ ދަށުން ކޯވިން ޕޯޓަލް މެދުވެރިކޮށް ފޮނުވާ ވެކްސިން ކާޑު ޤަބޫލު ކުރުމަށް ވެސް އިންޑިއާއިން ވަނީ އީޔޫ ގައި އެދިފައެވެ.

މިއަދު ހެނދުނު ޑައިރެކްޓޮރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ)އިން ވަނީ އިންޑިއާއިން އެހެން ޤައުމުތަކަށް އަދި އެހެން ޤައުމުތަކުން އިންޑިއާއަށް ވެސް ދަތުރު ކުރުން 31 ޖުލައި 2021އާ ހަމައަށް މަނާ ކޮށްފައެވެ. ނަމަވެސް ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް އެ މުއްދަތުގެ ތެރޭގައި ކުރެވޭނެ ކަމަށް ވެސް ޑީޖީސީއޭއިން ބުނެފައިވެއެވެ.

އިންޑިއާގެ ކޮވިޑް ހާލަތަށް ބަލާއިރު މިއަދު ވެސް އެ ޤައުމުން އިތުރު 45،951 މީހުން ފައްސި ވެފައިވެއެވެ. އަދި 817 މީހުން އިންޑިއާއިން މި ބަލީގައި ވަނީ މިއަދު މަރުވެފައެވެ. އިންޑިއާއިން އެ ބައްޔަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 3,03,62,848އަށް އަރައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!