ޔޫރޯ ބަލަން ދިޔަ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެއްޖެ

ސްކޮޓްލޭންޑުން ޔޫރޯ ބަލަން ދިޔަ 2000އާ ކައިރި ކުރާ އަދަދެއްގެ މީހުންނަަށް ކޮވިޑް-19 ޖެހިއްޖެ ކަމަށް އެ ގައުމުގެ ޕަބްލިކް ހެލްތުން ރިޕޯޓް ކޮށްފިއެވެ.
ޖޫން މަހުގެ 19ވަނަ ދުވަހު އިންގްލޭންޑާއި ސްކޮޓްލޭންޑް ބައްދަލުކުރި މެޗު ކުޅެވުނީ ލަންޑަނުގެ ވެމްބްލީ ސްޓޭޑިއަމްގައެވެ. އެ މެޗަށް ސްކޮޓްލޭންޑްގެ ގިނަ ބަޔަކު ވަނީ ޓީމަށް ހިތްވަރު ދިނުމަށް ގޮސްފައެވެ.
ގިނަ ބަޔަކު ލަންޑަނަށް މެޗު ބަލަން ދިޔައިރު ސްކޮޓްލޭންޑުގެ ގްލާސްގޯގައި މެޗު އަޅުވާތީ އެތަަނަށް ވެސް ގިނަ ބަޔަކު ވަނީ މެޗު ބަލަން ގޮސްފައެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި 1991 މީހުންނަށް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަދި އޭގެ ތެރެެއިން 1294 މީހުންނަކީ ލަންޑަނަށް މެޗު ބަލަން ދިޔަ މީހުން ކަމަށާއި އަދި 397 މީހުންނަކީ ގްލާސްގޯއަށް މެޗު ބަލަން ދިޔަ މީހުން ކަމަށް ރިޕޯޓްތައް ބުނެއެވެ.
އިންގްލޭންޑާއި ސްކޮޓްލޭންޑް އެ ރޭ ކުޅުނު މެޗު ނިމުނީ 0-0އިން އެއްވަރު ވެގެންނެވެ.