Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

50 ބޮޑީގާޑުންނާ އެކު އަނަންތު އަމްބާނީގެ ދެމަފިރިން ރާއްޖޭގައި

50 ބޮޑީގާޑުންނާ އެކު އަނަންތު އަމްބާނީގެ ދެމަފިރިން ރާއްޖޭގައި

އިންޑިއާގެ މަޝްހޫރު ބިލިއަނަރު، މުކޭޝް އަމްބާނީގެ ހަގު ފިރިހެން ދަރިފުޅު އަނަންތު އަމްބާނީއާއި އޭނާގެ އަންހެނުން ރާދިކާ މާޗަންޓު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހު މި ދެމަފިރިން ރާއްޖެ އައިސްފައި ވަނީ ޕްރައިވެޓް ޖެޓެއްގައެވެ. އެމީހުންނާ އެކު ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 50 މީހުން އައިސްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.

ޓޫރިޒަމް ދާއިރާގެ ހަބަރުތައް ގެނެސްދޭ ހޮޓެލިއާ މޯލްޑިވްސްއިން ބުނީ އެ ދެމަފިރިން ޗުއްޓީ ހޭދަކުރަމުން ދަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށީގައި ކަމަށެވެ. އަދި އެމީހުންގެ ސަލާމަތަށް ޓަކައި ރިސޯޓުގައި ދެ ސީޕްލޭން އަބަދުވެސް ތައްޔާރީ ހާލަތުގައި ބާއްވާފައި އޮތްކަމަށް ވެސް ހޮޓެލިއާއިން ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އަނަންތު އަދި ރާދިކާ ވަނީ 202 ވަނަ އަހަރު ވެސް ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައެވެ. އެފަހަރު އެމީހުން ތިބީ ސޮނެވާ ސީކްރެޓް ރިސޯޓްގައެވެ. އެ ދަތުރުގައި އަނަންތު ވަނީ ޖެޓްސްކީއެއްގައި އެ އަތޮޅު މަކުނުދޫއަށް ވެސް ޒިޔާރާތްކޮށްފައެވެ. އަދި އެރަށުން ކުކުޅަކާއި މުސަޅެއް ވެސް ގަނެގެން އިންޑިއާއަށް ގެންދިޔައެވެ.

އަންނަތު އާއި ރާދިކާ ކައިވެނިކޮށްފައި ވަނީ ޖުލައި 12، 2024ގައެވެ. އެއީ މި ފަހުން އިންޑިއާގައި ބޭއްވި އެންމެ ބޮޑު ކައިވެންޏެވެ. އެ ކައިވެނީގައި ބޮލީވުޑްގެ ތަރިންގެ އިތުރުން ބޭރުގެ އެތައް މަޝްހޫރު ތަރިންނެއް ވަނީ ބައިވެރިވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް