Thursday, 29 October 2026
Advertisement
HDC — Share-Below (leaderboard)
ލުއި ޚަބަރު

އިންޑިއާގެ ފުރަތަމަ ހައިސްޕީޑް ބުލެޓް ރޭލު އަންނަ އަހަރު ލޯންޗުކުރަނީ

އިންޑިއާގެ ފުރަތަމަ ހައިސްޕީޑް ބުލެޓް ރޭލު އަންނަ އަހަރު ލޯންޗުކުރަނީ

އިންޑިއާގެ ފުރަތަމަ ހައިސްޕީޑް ބުލެޓް ރޭލު އަންނަ އަހަރުގެ އޮގަސްޓް މަހު ލޯންޗުކުރަން ތައްޔާރުވެއްޖެއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ރޭލު ދަތުރުކުރާނީ މުމްބާއީއާއި ގުޖުރާތުގެ އަޙްމަދުއާބާދުއާ ދެމެދުއެވެ. މި ރޭލުގައި ، މި ދެމެދު ދަތުރުކުރަން ނަގާނީ ތިން ގަޑިއިރު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އެތައް އަހަރެއްގެ ޕްލޭނިންނާއި އިންޖީނިއަރިންގެ އެކިއެކި ގޮންޖެހުންތަކާއެކު ލޯންޗުކުރާ މި ބުލެޓް ރޭލު ފަރުމާކޮށްފައި ވަނީ ޖަޕަނީސް ޝިންކަންސެން ރޭލުތައް ހުންނަ ގޮތަށެވެ. ޖަޕާނަކީ މުޅި ދުނިޔޭގައި ވެސް ހައިސްޕީޑް ބުލެޓް ރޭލަށް މަޝްހޫރު ގައުމެވެ. މި މަޝްރޫއު ހިންގަނީ ވެސް ޖަޕާނު ސަރުކާރާ ގުޅިގެންނެވެ.

Advertisement
Ooredoo — Truecaller (box)

508 ކިލޯމީޓަރަށް ދަމައިލައިފައިވާ މި ރޭލު ގަޑިއަކު 320 ކިލޯމީޓަރަށް ދުވާނެއެވެ. އެ އުޅަނދު ދަތުރުކުރާނީ އެކަމަށް ޓަކައި ގާއިމްކުރަމުންދާ ޓަނަލްތަކުންނެވެ. އޭގެ ތެރޭގައި 21 ކިލޯމީޓަރުގެ އަންޑާގްރައުންޑް ޓަނަލްއަކާއި 7 ކިލޯމީޓަރުގެ ކަނޑު އަޑީގެ ޓަނަލެއް ވެސް ހިމެނެއެވެ. ކަނޑުއަޑީގެ ޓަނަލް ހަދައިފައި ވަނީ ތާނޭ ކިޔާ އަވަށުގައެވެ.

މުމްބާއީއިން އަޙްމަދުއާބަދަށް މިހާރު ރޭލުގައި ދަތުރުކުރެވެނީ 7-8 ގަޑިއިރުންނެވެ.

ހައިސްޕީޑް ރޭލަކީ އިންޑިއާގެ ދަތުރުފަތުރަށް އަންނާނެ ބޮޑު އިންގިލާބީ ބަދަލެއް ކަމަށް އެ ގައުމުގެ ސަރުކާރުން ގަބޫލުކުރެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް