ލައިފްސްޓައިލް ލުއި ޚަބަރު

އިނގިރޭސިވިލާތުގައި ދުވާލު ގަޑީގައި ޖަންކް ފުޑް އިޝްތިހާރުކުރުން މަނާ

ޢާއިޝަތު އިމާޝާ ، ދެން އޮންލައިން

ކުޑަކުދިން ރައްކާތެރި ކުރުމުގެ ގޮތުން، އިނގިރޭސިވިލާތުގައި ވަކި ވަގުތުތަކެއްގައި ސިއްހަތަށް ގެއްލުންވާ ކާބޯތަކެތި ނުވަތަ 'ޖަންކް ފުޑް' އިޝްތިހާރު ކުރުން މަނާކޮށްފިއެވެ.

Ads by STELCO

އިނގިރޭސިވިލާތުގައި އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން، ހަށިގަނޑަށް ގެއްލުން ލިބޭ، ސަރުބީ ގިނައިން އެކުލެވޭ ކާބޯތަކެތީގެ އިޝްތިހާރުތައް ރޭގަނޑު 9:00ގެ ކުރިން ޓީވީން ދެއްކުން ވަނީ މަނާކޮށްފައެވެ. އަދި އޮންލައިންކޮށް އެއްވެސް ވަރަކަށް އެފަދަ ތަކެތި އިޝްތިހާރެއް ނުކުރެވޭނެއެވެ.

އެގައުމުގެ ތަޖުރިބާކާރުން އަންދާޒާ ކުރާގޮތުގައި، އާ ގަވާއިދާ އެކު އަހަރަކު 7.2 ކެލޮރީސް، އެ ގައުމުގެ ކުދިން ގައިން މަދުވާނެއެވެ. މިއީ ކުޑަކުދިން ފަލަވުން ހިފެހެއްޓުމަށް އެޅި ފިޔަވަޅެއް ކަމަށް އެގައުމުގެ ސަރުކާރުން ބުނެއެވެ.

މި ގަވާއިދުގެ ދަށުން، މައިގަނޑު ގޮތެއްގައި އިޝްތިހާރުކުރުން މަނާކޮށްފައި ވަނީ ހަކުރު ގިނައިން ހިމެނޭ ބުއިންތަކާއި، ޗޮކްލެޓް އަދި ކޭންޑީ ފަދަ ބާވަތްތަކުގެ އިތުރުން ޕިއްޒާ، ބާގާ އަދި އައިސްކްރީމް ފަދަ ކުޑަކުދިން ގަޔާވާ ފަދަ ބާވަތްތަކެވެ.

ދިރާސާތަކުން ދައްކާގޮތުގައި، އިނގިރޭސިވިލާތުގެ ޕްރައިމަރީ ގްރޭޑްތަކުގައި ކިޔަވާ ކުދިންގެ 22.1% ކުދިންނަކީ ފަލަބަލީގެ ޝިކާރައަށް ކުދިންނެވެ. އަދި ސްކޫލު ނިމޭއިރު އެ ނިސްބަތް ގާތްގަނޑަކަށް 35.8% އަށް މަތިވެއެވެ.

އިނގިރޭސިވިލާތުގެ ހެލްތު މިނިސްޓަރު އޭޝްލީ ޑެލްޓަން ވިދާޅުވެފައި ވަނީ މިއީ އެގައުމުގެ ހުރިހާ ކުޑަކުދިންނަށް ސިއްހަތު ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށް އެޅި މުހިންމު ފިޔަވަޅެކެވެ. ރޭގަނޑު 9ގެ ކުރިން މިފަދަ ކާނާ އިޝްތިހާރުކުރުން މަނާކުރުމުގެ ސަބަބުން މިފަދަ ކާބޯތަކެއްޗަށް ކުޑަކުދިން ހުށަހެޅޭ މިންވަރު ބޮޑުތަކުން ދަށްވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by HDC