Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ސުކޫލު ބަންދާ ދިމާކޮށް އައިޖީއެމްއެޗުގައި ޚިތާނީ ކޭމްޕެއް ބާއްވަނީ!

ސުކޫލު ބަންދާ ދިމާކޮށް އައިޖީއެމްއެޗުގައި ޚިތާނީ ކޭމްޕެއް ބާއްވަނީ!

ސުކޫލު ބަންދާ ދިމާކޮށް ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)އިން ޚިތާނީ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ.

ޖުލައި އަދި އޯގަސްޓް މަހު ކުރިއަށް ގެންދަން ރާވައިފައިވާ މި ޚިތާނީ ކޭމްފާ ބެހޭގޮތުން މައުލޫމާތު ދެމުން އައިޖީއެމްޗުން ބުނީ، މިފަހަރުގެ ކޭމްޕު ކުރިއަށް ދާނީ އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ކަމަށެވެ. އަދި އެނދުމަތި ކުރަން ހަމަޖެހިފައި ވަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށް ވެސް އައިޖީއެމްއެޗުން ބުންޏެވެ.

މި ކޭމްޕްގައި ޚިތާނު ކުރާނީ ޖުމުލަ 200 ކުދިންނެވެ. ޚިތާނު ކުރުމަށް ހަމަޖެހިފައި ވަނީ، ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން އޯގަސްޓު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

Advertisement
Allied — Dhen Online (box)

މި މުއްދަތުގެ ތެރޭގައި ޚިތާނު ކުރުމަށް ބޭނުންވާ ކުދިންގެ ނަން ނޯޓު ކުރުމުގެ ފުރުސަތު މިހާރ ހުޅުވައިލެވިފައިވާ ކަމަށާއި މި މަހުގެ 7 ވަނަ ދުވަހާ ނިޔަލަށް ނަން ނޯޓު ކޮށްދޭނެ ކަމަށް ވެސް އައިޖީއެމް ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އައިޖީއެމްއެޗް އިން ބުނީ ޚިތާނުކުރުމަށް އޮޕަރޭޝަން ތިއޭޓަރަށް ގެންދާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ރިޕޯޓެއް އޮންނަން ޖެހޭނެ ކަމަށެވެ. މި ޓެސްޓު ހެދުމުގެ އިންތިޒާމު އައިޖީއެމްއެޗްއިން ހަމަޖައްސައިދޭނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް