Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިންޑިއާ މައްސަލައިގައި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އުޝާމް ގޮވައިލައިފި

އިންޑިއާ މައްސަލައިގައި މަގާމުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ނުކުރުމަށް އުޝާމް ގޮވައިލައިފި

އިންޑިއާއާ ގުޅިގެން ދެއްކޭ ވާހަކަތަކުގައި މަގާމުގެ ބާރު ނަހަމަ ގޮތުގައި ނުހިފުމަށް ވިލިމާލެ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މެންބަރު އަހްމަދު އުޝާމް އެ ކޮމިޓީގެ މުގައްރިރު އިބްރާހީމް ޝަރީފަށް ގޮވާލައްވައިފިއެވެ.

އުޝާމް މިހެން ވިދާޅުވެފައި ވަނީ އިންޑިއާއާ ބެހޭގޮތުން ނޫސް ތަކުން ޚަބަރު ގެނެސްދެމުންދާ ގޮތާމެދު ޝަރީފް ކަންބޮޑުވުން ފާޅު ކުރައްވައި ކުރައްވައިފައިވާ ޓުވީޓަކަށް ޖަވާބު ދެއްވަމުންނެވެ.

ޝަރީފް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަން ހަމަލާދޭނެ ކަމަށް ބުނެ މީސްމީޑިއާގައި ހިންގަމުންދާ އަމަލުތައް ހާރިޖީ ގުޅުންތަކުގެ ކޮމިޓީގެ މުގައްރިރުގެ ހައިސިއްޔަތުން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށެވެ.

Advertisement
Ooredoo — Square (box)

މީގެ އިތުރުން އިންޑިއާއަކީ ރާއްޖެެއާ އަވައްޓެރި ގައުމެއްކަން ފާހަގަ ކުރައްވާ، ޝަރީފް ވިދާޅުވީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ގާތް ގުޅުމެއް ކަމަށާއި އެހެންކަމުން އިންޑިއާގެ ހައިކޮމިޝަންގައި ތިއްބަވާ ބޭފުޅުންނާ ދެކޮޅަށް އެއްވެސް ބާވަތެއްގެ ހަމަލާއެއް ދިނުމަށް ހިތްވަރު ދިނުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޝަރީފްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ވިލިމާލެ ދާއިރާގެ މެންބަރު، އަހުމަދު އުޝާމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، ރާއްޖެގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނަށް ނުވަތަ އެތަނުގެ އެއްވެސް ބޭފުޅަކަށް ވެސް ގެއްލުން ދޭން ގޮވައިލައިފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބީތީ އެކަމާ ދެކޮޅަށް ކެމްޕެއިން ކުރިއަށް ގެންދިއުމަކީ އެއީ އެމީހުންނަށް ހަމަލާ ދޭން ގޮވާލުން ނޫން ކަމަށް ވެސް އުޝާމް ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން އިންޑިއާ އައުޓްގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަށް އެއްބަސް ނުވެވޭތީ އެ ސަބަބަށް ޓަކައި، ކަމުގެ ހަގީގަތް އޮޅުވައިލުމުގެ ގޮތުން މަގާމު ބޭނުންކުރުން ހުއްޓައިލާން ވެސް އުޝާމް ވަނީ ގޮވައިލައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް