ސިއްޙަތު

އަނބު: އެހާމެ މީރު އަދި އެހާމެ ފައިދާ ހުރި މޭވާއެއް!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަނބަކީ މުޅި ދުނިޔޭގައި ވެސް އެންމެ މަޤްބޫލް އެއް މޭވާއެވެ. ޚާއްސަކޮށް ރާއްޖޭގެ ގިނަ ރަށްތަކުގައި އަނބު ގަސް ހެއްދުމަކީ އާންމު ކަމެކެވެ.

Ads by STELCO

ފަނި ގިރައިގެން، ނުވަތަ އަސާރަ ހަދައިގެން ވިޔަސް، އަނބު ބޭނުން ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި ވެސް ވަރަށް ގިނައެވެ. މީރުކަމާ އެއްވަރަށް އަނބަކީ ނުހަނު ގިނަ ފައިދާތައް ވެސް ހަށިގަނޑަށް ލިއްބައިދޭ މޭވާއެކެވެ.

އަނބުގައި ގިނަ އަދަދަކަށް ވިޓަމިން އޭ ހުންނައިރު، ފޮތިކޮށް ކޮށާފައި ހުންނަ އަނބު ޖޯޑެއްގައި ދުވާލަކަށް ބޭނުންވާ ވިޓަމިން އޭގެ 25 އިންސައްތަ ހުރެއެވެ. ވިޓަމިން އޭއަކީ ލޮލުގެ ފެނުން ސާފުކޮށް ފެނުމަށް އެހީވެދޭ ވަރަށް މުހިންމު މާއްދާއެކެވެ. އެހެންކަމުން ގަވާޢިދުން އަނބު ބޭނުންކުރާ ނަމަ، ލޮލުން ފެން އައުން، ލޮލުގެ ފެނުމަށް ބަދަލުއައުން، ލޯތެރެ ހިރުވައި ހިކުން، ލޮލުން ދިލަނެގުން، އަދި ލޮލުގެ ހާމަދުލި މަޑުވުން ފަދަ ލޮލުގެ މައްސަލަތަކުން ދުރުކޮށްދޭނެއެވެ.

އަނބު ކެއުމަކީ ރީތިކަން މަތީގައި ދެމި ހުރުމަށް ވެސް ވަރަށް ބޮޑަށް އެހީތެރިވެދޭ މޭވާއެކެވެ. އެގޮތުން އާންމުކޮށް އަނބު ކާނަމަ، ގައިގެ ހަން އޮމާންވެ، ސާފުވެ، ބިހި ނެގުން ކުޑަކޮށްދީ، ހަމުގައި ނަގާ އޮށާޅަ ފަދަ މައްސަލަތަކުން ކުރިމަތިވާ އުދަނގޫ ކުޑަކޮށްދޭނެއެވެ.

އެގޮތުން އަނބު ފޮތިކޮށްލުމަށް ފަހު، 10 ވަރަކަށް މިނިޓް ވަންދެން އޮށާޅަ ނަގާފައިވާ ހިސާބު އުނގުޅިދާނެއެވެ. މިއީ ހަން އަލިކޮށް، ދޮންކޮށްދޭ ކަމެއް ވެސް މެއެވެ.

އަނބުގައި ހިމެނޭ ދަގަނޑުގެ ބައިގެ ސަބަބުން މާބަނޑު އަންހެނުންނަށާއި، މައްސަރުކަންތައް ޖެހިފައިވާ އަންހެނުންނަށް ވެސް ވަރަށް ގިނަ ފައިދާތަކެއް ލިބެއެވެ. އަނބުގައި ވިޓަމިން ސީ ހުރުމާއެކު، އޭގެ އެހީގައި ދަގަނޑު ހަށިގަނޑަށް ނެގުމުގައި އެހިތެރިވެދެއެވެ.

މީގެ އިތުރުން ވެސް، އަނބު ކެއުމުން އިތުރު ފައިދާތައް ވެސް ލިބިގެންދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!