ހަށިވިއްކާ އަންހެނަކު ރަށުން ބާލުވައިފި
ދެކުނުގެ ރަށެއްގައި ކުޑަ ކުދިންތަކެއް ފައިސާ ދީގެން ޖިންސީ އެދުން ފުއްދި، މެދު އުމުރުފުރާގެ އަންހެނަކު އެ ރަށުން ބާލުވައިފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި "ދެން" އަށް މައުލޫމާތު ދެމުން އެ ރަށު މީހަކު ބުނީ، އެ އަންހެން މީހާއަކީ އެ އަތޮޅުގެ އެހެން ރަށެއްގެ މީހެއް ކަމަށެވެ. އަދި އޭނާ އެ ރަށަށް ގޮސް އުޅެނީ އޭނާ ހުންނަ ގޭގެ ދެ މީހުންނާ އެއްކޮށް ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
" އެ ދެމީހުންނާ އެެއްކޮށް ގުޅުން ބޭއްވުމުގެ އިތުރުން ރަށު ތެރެއިން ވެސް ނުވަރުގެ ކުދިންނާ (އުމުރުން 15 ނުވަތަ 16 އަހަރުގެ ކުދިންނާ ވެސް ގުޅުން ބާއްވަމުން ދިޔައީ. ގިނަ ފިރިހެން ކުދިން ގެންގޮސްގެން 10 ރުފިޔާ 20 ރުފިޔާ އެ ކުދިން އޭނައަށް ދިނީމަ، އެ ކުދިން ބޭނުންވާ ކަމެއް މީނަ ކޮށްދެނީ. ޖިންސީ ކަންތައްތައް ވެސް ކޮށްދޭ." މައުލޫމާތު ދިން މީހާ ބުންޏެވެ.
މީގެ އިތުރުން އެ އަންހެން މީހާ މަސްތުވާތަކެތީގެ ކަންތައްތައް ވެސް ވަރަށް ގިނައިން ކުރި ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ.
"މިކަންތައްތަކާ ހެދި އެ ކުދިންގެ މަންމަމެން އެ އަންހެން މީހާ މި ރަށުން ބާލަން ވެގެން މިއަދު ހެނދުނު ނުކުތީ. އެހެންވެ ކައުންސިލު އިދާރާއިން އޭނަ ގެންގޮސް އެ އިދާރާގައި ބެހެއްޓީ. އެހެންވެ އެ އިދާރާ ކައިރިއަށް ވެސް އެ ކުދިންގެ މަންމަމެން ގޮސްފައި ބުނީ 20 މިނެޓޭ ދޭނީ އެ މީހާ ބާލަން ރަށުން" މައުލޫމާތު ދިން މީހާ ބުންޏެވެ.
އޭނާ އިތުރަށް ބުނީ، 20 މިނެޓު ހަމަވުމާ އެކު ކައުންސިލު އިދާރާ ތެރެއަށް އެ އަންހެނުންތައް ވަންނަން އުޅުމުން، އެތަނަށް ފުލުހުން ގޮސް ތުހުމަތު އުފުލިފައިވާ އަންހެން މީހާ ގެންގޮސްފި ކަމަށެވެ.
މިކަމާ ގުޅޭ ގޮތުން އެ ރަށު ކައުންސިލުގެ ރައީސް "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މިއީ ސައްޙަ މައުލޫމާތެއް ކަމަށާއި އެފަދަ ކަންތަކެއް ހިނގަމުންދާ ކަމުގެ ޝަކުވާ ކައުންސިލަށް ރޭ ލިބުނު ކަމަށެވެ.
"ރޭގައި މި ރަށު މީހަކު ގެނެސްދިން އަޅުގަނޑަށް ސިޓީއެއް. އޭގައި ލިޔެފައި އޮތީ ތިމަންނަގެ ދަރިފުޅަށް ޖިންސީ ގޯނާ ކޮށްފިއޭ، އެ ކުއްޖާ އަންހެން މީހާއަށް ފައިސާ ދީގެންނޭ ކުރުވީ. އިތުރު ކުދިންތަކަކާ އެކު ވެސް މިބާވަތުގެ ކަންކަން ވަނީ ކޮށްފައޭ. މަސްތުވާތަކެތީގެ ތެރެއިން ކަމަށް ވަނީ އެބައި މި ދަނީ." ކައުންސިލު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ކައުންސިލު ރައީސް ވިދާޅުވީ ހަމަ އެވަގުތު އެ މައްސަލަ ޖެންޑާއާއި ފުލުހުންނާ ވެސް "ވަރަށް އަވަސް" މައްސަލައެއްގެ ގޮތުގައި ހިއްސާ ކުރި ކަމަށެވެ.
މިއަދު ހެނދުނު އެ އަންހެން މީހާ ހުރި ގެއަށް މީހުން އެއްވެ އުޅޭކަމަށް މައުލޫމާތު ލިބުނު ކަމަށާއި އެއްވެ ތިބީ ރަށުގެ ގިނަ އަންހެނުންތަކެއް ކަމަށް ވެސް ކައުންސިލު ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު ބުނިން އަޅުގަނޑުމެންނަށް އެބަ މަޖުބޫރުވެޔޭ (އިންސާނަކަށް ވާތީ ޤާނޫނީ ގޮތުން ލިބިދޭން ޖެހޭ ޙައްޤުގެ ދަށުން) ރައްކާތެރިކަން ދޭން. އެހެންވެ ކައުންސިލުގެ ބެލުމުގެ ދަށަށް އޭނަ ގެންދަން ޖެހުނީ. ކައުންސިލު އިދާރާއަށް ގެނައި ހިސާބުން ވެސް އާންމުން އޭނަ ދޫކޮށްފައެއް ނުދިޔަ" ކައުންސިލު ރައީސް ވިދާޅުވިއެވެ.
ރަށު ރައްޔިތުން ކައުންސިލު އިދާރާގެ ކުރިމަތީގައި އޭރު ވެސް އާންމުން ތިބި ކަމަށާއި، އޭރު ވެސް ފުލުހުންނާއި ޖެންޑާއާ ވެސް ކައުންސިލުން ދިޔައީ މުއާމަލާތް ކުރަމުން ކަމަށް ވެސް އެރަށު ކައުންސިލު ރައީސް ވިދާޅުވިއެވެ.
ކައުންސިލް ރައީސް ވިދާޅުވީ މިއަދު މެންދުރު 12:30 ހާއިރު ފުލުހުން އެ އަންހެން މީހާ ގެންގޮސްފައިވާ ކަމަށާއި އޭނާ މިހާރު ހުރީ އޭނާގެ ރަށުގައި ކަމަށެވެ. އަންހެން މީހާ ހައްޔަރު ނުކުރާ ކަމަށާއި، ގެންދިޔައީ މަސްލަހަތަށް ބަލައިފައިކަން ވެސް ކައުންސިލު ރައީސް ފާހަގަ ކުރެއްވިއެވެ.
“މިކަންތައްތަކާ ހެދި އެ ކުދިންގެ މަންމަމެން އެ އަންހެން މީހާ މި ރަށުން ބާލަން ވެގެން މިއަދު ހެނދުނު ނުކުތީ.” ބައްޕަމެން ކޮބާބާ؟
ބައްޕަމެން ދާނީ ފިރިހެނެއް ނަމައީ.. ދެރަ ކަމަކީ މިއީ ފިރިހެނަކު ކުރި ކަމެއް ނަމަ ފޮޓޯވެސް ޖަހާނެ ވަނަވަރުވެސް އިންނާނެ. އަންހެނެއް ވީމަ ސިއްރު. ސަޅި
އެއީ އެކިޔާއުޅޭ އަންހެނުންގެ ހައްގު ތަކުގެ ތެރެއިން ހައްގެއް ކަންނޭނގެ އެންނު.
ރަށަކު ނެތިން. މިހުރީ ރިސޯޓް ވަޒީފާގައި.
އެ އަންހެނާ ކައިރިއަށް ވަދެ ތޯޗެއް. ޙަހަހަަ
އަހަރެމެން ހިލޭ އެކަން ކޮށްފަ ތިބީމަ ލާރި ދަށްކަންޖެހިދާނެތީ
އެއަންހެނާ އަކީ މަސްތުވުމުގެ ބޭނުމުގަ ހަށި ވިއްކާ މީހެއް.. މުސްކުޅިންނާ ބިދޭސީން އައް 500+.. ތިބުނާ 15 ނުވަތަ 16 އަހަރު ކުދިންތީ އެއަންހެނާއައް ޑީލް ހޯދަދޭ ކުދިން..
މިކަން މިގޮތައް ހިނގަނީ.. ދެރައީ 15 ނުވަތަ 16 އަހަރުގެ ކުދިން ނުބައި މަގުން ދެވޭއިރު މައިންބަފައިން އައް އެވަރު ބަލާނުލެވި ނުވަތަ ދަރިން ވީތީ އިތުބާރުކޮއް މަގުމައްޗައް ދޫކޮއްލެވުން، (މަގެ ދަރި ނޫޅޭނެ ގޮތަކައް، މިހިރަ ގޭ އާމިނާގެ ދަރި ކުރުވާ ކަންކަން) މީވާގޮތަކީ..