Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އައު ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހަދައި ނިމިއްޖެ: ފުލުހުން

އައު ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް ހަދައި ނިމިއްޖެ: ފުލުހުން
އައު ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވައިދުތައް ހަދާ ނިމިއްޖެކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ވިދާޅުވެއްޖެއެވެ. ފުލުހުން ވިދާޅުވީ، ފުލުހުންގެ އައު ގަވައިދުގެ ދަށުން އެކުލަވައިލާން ޖެހޭ ހުރިހާ މަސައްކަތެއް ނިމިފައިވާ ކަމަށާއި، އޭގެ ތެރެއިން ގެޒެޓް ނުކުރެވި ހުރި ގަވައިދުތަކަށް އަމަލު ކުރެވެން ފެށެންދެން ކުރީގެ ގަވައިދުތަކަށް އަމަލު ކުރަމުން ގެންދަން ނިންމަވައިފައިިވާ ކަމަށެވެ.

ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ބަދަލުތަކެއް ގެނައި "ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނު" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިދިޔަ ޑިސެމްބަރު މަހުގެ 27 ވަނަ ދުވަހު ތަސްދީގު ކުރައްވައިފައި ވާއިރު، އެ ގާނޫނަށް އަމަލުކުރަން ފަށައިފައި ވަނީ، ގާނޫނު ތަސްދީގު ކުރިތާ ތިން މަސް ފަހުންނެވެ. އެއީ މި އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ، ފުލުހުންގެ އައު ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވައިދުތައް މިހާރު ހަދާ ނިމިފައިވާ ކަމަށާއި، އަދި ގެޒެޓް ނުކުރެވި ހުރި ގަވައިދުތައް ގެޒެޓް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރެވެމުން އަންނަ ކަމަށެވެ. ގެޒެޓު ނުކުރެވި ހުރި ގަވައިދުތައް ގެޒެޓު ކުރެވެންދެން ކުރީގެ ގަވައިދުތަކަށް އަމަލު ކުރަން ހޯމް މިނިސްޓްރީއިން ނިންމަވައިފައިވާ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް