Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބުރުގާ ނާޅައި ހުރި ހުރިހާ ވީޑިއޯތަކެއް ޝިފާގެ އެކައުންޓުން ފޮހެލައިފި

ބުރުގާ ނާޅައި ހުރި ހުރިހާ ވީޑިއޯތަކެއް ޝިފާގެ އެކައުންޓުން ފޮހެލައިފި

މަޝްހޫރު ޓިކްޓޮކް ތަރި މަރިޔަމް ޝިފާ، ބުރުގާ އެޅުމުގެ ކުރިން ކުޅެފައި ހުރި ހުރިހާ ވީޑިއޯތަކެއް ޓިކްޓޮކް އެކައުންޓުން ޑިލީޓް ކޮށްލައިފިއެވެ.

ޝިފާގެ ޓިކްޓޮކް އެކައުންޓުގައި 90،000އަށް ވުރެ ގިނަ ފޮލޯވަރުން ތިބިއިރު، މިހާރު ޝިފާގެ ޓިކްޓޮކް އެކައުންޓުން ފެންނަނީ އެންމެ ތިން ވީޑިއޯއެވެ.

މިކަމާ ގުޅިގެން މައުލޫމާތު ސާފު ކުރުމަށް “ދެން” އިން ޝިފާއަށް ގުޅަން މަސައްކަތް ކުރި ނަމަވެސް ގުޅޭ ގޮތެއް ނުވިއެވެ.

Advertisement
Ooredoo — Truecaller (box)

ޝިފާ ބުރުގާ އެޅީ މީގެ ދެތިން ދުވަސް ކުރިންނެވެ. އެއާ އެކު ރާއްޖޭގެ އެކި އޮންލައިން މީޑިއާތަކުގެ ފަލަ ސުރުހީ ތަކުން ފެނިގެން ދިޔައީ އެ ޚަބަރެވެ. މީޑިއާތަކަށް މައުލޫމާތު ދެމުން ޝިފާ ބުނީ އެއީ އޭނަގެ މަންމައަށް ކުރި “ޕްރޮމިސް” އެއް ކަމަށާއި މިފަހަރު ބުރުގާ އެޅީ ވެސް އަޅާ ހިތުން ކަމަށެވެ.

މީގެ އިތުރުން ޝިފާ ބުނީ، ބުރުގާ އެޅިޔަސް ޓިކްޓޮކް ކުޅޭނެ ކަމަށާއި ފިލްމުތަކުން ވެސް އޭނާ ފެންނާނެ ކަމަށެވެ. އަދި ގިނަ ބައެއްގެ ރަނގަޅު ކޮމެންޓު އޭނާއަށް ލިބެމުންދާ ކަން ފާހަގަކޮށް ޝިފާ ބުނީ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ފޭނުންނާއި ސަޕޯޓަރުން ކަމުގައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް