Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަށި ވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަޝްމަލީގެ ބަންދަށް 10 ދުވަސް!

ހަށި ވިއްކުވި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަޝްމަލީގެ ބަންދަށް 10 ދުވަސް!

އަވައްޓެރި ސްރިލަންކާގައި 15 އަހަރުގެ ކުއްޖެއް ލައްވައި ހަށި ވިއްކުވި މައްސަލައިގައި ހައްޔަރު ކުރި ދިރާގުގެ ކުރީގެ ޗެއާމަން އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަޝްމަލީގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާގެ ބަންދަށް 10 ދުވަސް ޖެހުމުގެ އިތުރުން އޭނާއަށް ކަފާލާތު ވެސް ނުދޭ ގޮތަށް ވަނީ ނިންމައިފައެވެ. އެއީ އޭނާ ހައްޔަރު ކޮށްފައި ވަނީ އެގައުމުގެ ކުޑަކުދިން ހިމާޔާތް ކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވާތީ ކަމުގައި މީޑިއާތަކުން ރިޕޯޓު ކޮށްފައި ވެއެވެ.

މީގެ އިތުރުން ލަންކާގެ މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަޝްމަލީ ހައްޔަރު ކޮށްފައި ވަނީ، އިންޓަރނެޓު މެދުވެރިކޮށް އެ އަންހެން ކުއްޖާއާ ޖިންސީ މުއާމަލާތްތަކެއް ކުރުމުގެ ތުހުމަތުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް އަޖިތު ރޯހާނާ ހާމަ ކޮށްފައި ވެއެވެ.

Advertisement
Allied Insurance — Square (box)

އޭނާ ހައްޔަރު ކޮށްފައި ވަނީ، މިދިޔަ އާދިއްތަ ދުވަހު ހެނދުނު 9:20 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށް ލަންކާ ފުލުހުން މައުލޫމާތު ދެއެވެ.

އަޝްމަލީ ހައްޔަރު ކުރީ ކުއްޖާއާ ޖިންސީ ގުޅުން ހިންގަން ދިޔަ ކަސްޓަަމަރެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށާއި އޭނާއަކީ ނެޓްވޯކަށް އެހީތެރިވި މީހެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ވެސް ލަންކާގެ ފުލުހުން ބުނެފައިވެއެވެ.

ހައްޔަރު ކުރި ދިވެހި މީހާ ކުޑަ ކުއްޖާއާ އެކު ޖިންސީ ގުޅުން ހިންގިތޯ ސުވާލު ކުރުމުން، މިއީ އަދިވެސް ތަހުގީގު ކުރިއަށްދާ މައްސަލައެއް ކަމަށް ވާތީ، އިތުރު މައުލޫމާތު ދެވެން ނެތް ކަމަށް ފުލުހުން ބުނި ކަމަށް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ.

އަޝްމަލީގެ މައްސަލަ ބަލަމުން ދަނީ ކުޑަކުއްޖެއްގެ ނަހަމަ ޖިންސީ ބޭނުން ހިފުމުގެ މައްސަލައެއްގެ ގޮތުގައި ކަމަށް ލަންކާ ފުލުހުން ބުނެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް