Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މާރިޔާއާ ދޭތެރޭ ބުނާނެ އެއްޗެއް ނެތް، ސީޕީ ހަމީދަށް އިތުބާރު އޮތްކަން އެނގޭނީ މަޖިލީހުގެ ތަޙްގީގަށް ފަހު!

މާރިޔާއާ ދޭތެރޭ ބުނާނެ އެއްޗެއް ނެތް، ސީޕީ ހަމީދަށް އިތުބާރު އޮތްކަން އެނގޭނީ މަޖިލީހުގެ ތަޙްގީގަށް ފަހު!
ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއަށް އިތުބާރު އޮތްކަން އެނގޭނީ ރައްޔިތުންގެ މަޖިލީހުން ހިންގަމުންދާ އިންކުއަރީ ކޮމިޝަންގެ ރިޕޯޓަށް ފަހުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ ކްލަބްހައުސްގައި ކުރިއަށްދާ "އާސްކް ސްޕީކަރ" ގެ ތިންވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.މެއި ހައެއްގެ ހަމަލައާ ގުޅިގެން ޑިފެންސް މިނިސްޓަރަށާއި ކޮމިޝަނަރ އޮފް ޕޮލިސް އަށް އިތުބާރު ކުރައްވަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެ ސުވާލަށް ޖަވާބު ދެއްވާނީ ރައްޔިތުންގެ މަޖިލީހުން ހިންގަމުންދާ އިންކުއަރީ ކޮމިޝަންގެ ރިޕޯޓާ އެކުގައި ކަމަށެވެ. "ޑިފެންސް މިނިސްޓަރާ ގުޅޭގޮތުން އެއްޗެއް ދަންނަވާކަށް އަޅުގަނޑު ނެތިން. ކޮމިޝަނަރ އޮފް ޕޮލިސްއާ ގުޅޭގޮތުން އެއްޗެއް ދެންނެވޭނީ ތަހުގީގު ނިމި، އެ ތަހުގީގު އަޅުގަނޑުމެންނަށް ހުށަހެޅުނީމަ." ބޮމެއް ގޮއްވައިލައިފާނެ ކަމަށް ހީފުޅު ނުކުރައްވާ ކަމަށް ވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.
އަޅުގަނޑު ވެސް ހިއެއް ނުކުރަން ބޮމެއް ގޮއްވައިލާން އުޅޭ ކަމަކަށް، އެހެން ނަމަވެސް މިއޮތީ ބޮމެއް ގޮއްވައިލައިފަ.
ރައީސް ނަޝީދު ވިދާޅުވީ، މި ހިސާބުން ފެށިގެން އަމަލު ކުރަންވީ އެންމެ މުހިންމު ގޮތަކީ އެކަން ކުރުމުގައި ބައިވެރިވީ މީހުން ވީހާވެސް އަވަހަކަށް ހިފާ ހައްޔަރު ކުރުން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް