Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ކޮންމެ ނަމާދަކަށް ފަހު ދުޢާ ކޮށްދެއްވާ، މާލެ ދެވޭނެ ވަކި ތާރީޚެއް ބުނަން ދަތި: ރައީސް ނަޝީދު

ކޮންމެ ނަމާދަކަށް ފަހު ދުޢާ ކޮށްދެއްވާ، މާލެ ދެވޭނެ ވަކި ތާރީޚެއް ބުނަން ދަތި: ރައީސް ނަޝީދު

މެއި ހައެއްގައި ލިބުނު ހަމަލާއާ ގުޅިގެން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް ޝިފާ ދެއްވުމަށް އެދި ކޮންމެ ނަމާދަކަށް ފަހު ދުޢާ ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.

ރައީސް ނަޝީދާ ބޭނުން ސުވާލެއް ކުރުމުގެ ފުރުސަތު ހުޅުވާލައިގެން މިރޭ ކްލަބްހައުސްގައި ކުރިއަށްދާ "އާސްކް ސްޕީކަރ"ގެ ތިންވަނަ ޕްރޮގްރާމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ހިތްވަރެއް ލިބެނީ އެންމެންގެ ހެޔޮ ދުޢާ އާ އެކުގަައި ކަމަށާއި ފަރުވާއަށް ފަހު އެނބުރި މާލެ ވަޑައިގެންނެވޭނޭ ތާރީޚެއް ވިދާޅުވާން ދަތިފުޅު ކަމަށެވެ.

"އަޅުގަނޑު ވަރަށް ބޮޑަށް އެދެން ކޮންމެ ނަމާދަކަށް ފަހު ވެސް ދުޢާ ކޮށްދެއްވުމަށް. އަޅުގަނޑު އެބަ ގަދަ ވެސް ވާން ޖެހޭ. ދެން ހިނގާ ބިނގާވެ އުޅުނަސް، އަޅުގަނޑަކަށް ގަލަމަކު ވެސް ނުވެސް ހިފޭ، ތިން އިނގިލި އައްސިވެފައި އޮންނަނީ. ވާތުގެ އުޅަނބޮށި އޮތީ ވަރަށް ބޮޑަށް ހަލާކުވެފަ، އަދި އުޅަނބޮށި ދަމައެއް ނުލެވޭ. ދެން ވާތު ފައި ވެސް ރަނގަޅެއް ނޫން" ލިބިވަޑައިގެންނެވި އަނިޔާތައް ކިޔައި ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ ޖުލައި މަސް ނިމޭއިރަށް ދެވޭނެ ކަމަށް ކުރިން ވިދާޅުވި ނަމަވެސް، ވަޑައިގަންނަވާން އުޅުއްވަނިކޮށް ވާތު ފައިގެ ކަށިތައް ގޯސްވެފައިވާ ކަމަށާއި ވާތު ކަންފަތް ވެސް ހަލާކުވެފައިވާ ކަމަށެވެ.

ހުރިހާ ކަމެއް ރަނގަޅުވާން ދުވަސް ކޮޅެއް ނަގާނެ ކަމަށް ބެލެވޭ ކަމަށާއި މާލެ ވަޑައިގަންނަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް