ބޮލީވުޑް

ކަރީނާއާއި ސައިފްގެ ދެވަނަ ދަރިފުޅަށް ފަސް މަސް ފަހުން ނަން ކިޔައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމުގައިވާ ކަރީނާ ކަޕޫރް ޚާންއާއި ސައިފް އަލީ ޚާންގެ ދެވަނަ ދަރިފުޅަށް ނަން ކިޔައިފިއެވެ.

Ads by Sosun Fihaara

އެ ދެމަފިރިންގެ ދެވަނަ ދަރިއަށް ނަން ކިޔައިފައި މިވަނީ ކުއްޖާ އުފަންވިތާ ފަސް މަސް ފަހުންނެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި ކަރީނާއާއި ސައިފްގެ ދެވަނަ ދަރިފުޅަށް ކިޔައިފައި ވަނީ "ޖެހް" އެވެ.

އެ ދެމަފިރިންގެ ދެވަނަ ދަރިފުޅަށް ނަން ކިޔައިފިކަން އަދި ކަރީނާއާއި ސައިފް ވެސް ހާމަކޮށްފައި ނުވި ނަމަވެސް، މީގެ ހަފްތާއެއް ކުރިން އެ ދަރިފުޅަށް ނަން ދީފައިވާކަން ކަރީނާގެ ބައްޕަ ރަންދީރް ކަޕޫރް ވަނީ އިންޑިއާގެ ބައެއް ނޫސްތަކަށް މައުލޫމާތު ދީފައެވެ.

ކަރީނާ އާއި ސައިފްގެ ދޮށީ ދަރިފުޅު ތައިމޫރް އަލީ ޚާން އުފަންވީއިރު އޭނާގެ ފޮޓޯތަކާއި ކުދިކުދި މައުލޫމާތުތައް ވެސް އެ ދެމަފިރިން ހާމަކޮށްފައިވީ ނަމަވެސް، ދެވަނަ ދަރިފުޅުގެ އެއްވެސް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ. އާއިލާއިން ބޭރު މީހަކަށް ދެވަނަ ދަރިފުޅުގެ މޫނު ވެސް ނުދައްކާއިރު، ކަރީނާއާއި ސައިފް ވެސް ބުނެފައި ވަނީ ރަނގަޅު ވަގުތު ޖެހުމުން ވަރަށް ޚާއްސަ ގޮތަކަށް އެ ކުއްޖާގެ މޫނު ދައްކާނެ ކަމަށެވެ.

Ads by HDC
  1. ޢަމްރީތާ

    ޢާ ކުކުކުޅަކަށް ގާ ބިހެއް އެޅިގެން އެ އުޅެނީ.