ޚަބަރު

މޫސުމަށް ސަމާލުވޭ، މިއަދު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވަނީ ހުދު އިންޒާރު ނެރެފައި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިއަދު ވެސް ބޮޑު ބަޔަކަށް ހުދު ސަމާލު ނެރެފިއެވެ.

Ads by MWSC

އެގޮތުން މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ހުދު ސަމާލު ނެރެފައި ވަނީ ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވާ ގޮތުގައި މި ސަރަޙައްދުތަކުގައި ހިމެނޭ ރަށްތަކަށް ބޯކޮށް ވާރޭވެހި، ގަޑިއަކު 19 މޭލާ 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ، ކަނޑުތައް ވެސް ގަދަވާނެއެވެ.

ހުދު ސަމާލު ނެރެފައި ވަނީ މިއަދު މިއަދު ހެނދުނު 8:00 އިން މެންދުރު 12:00 އާ ހަމައަށެވެ.

ފާއިތުވީ 24 ގަޑިއިރު ތެރޭގައި ރާއްޖެއަށް ވާރޭ ވެހުނު އަދަދުތައް ރިކޯޑު ކުރެވިފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ވާރޭ ވެހިފައި ވަނީ ހދ. ހަނިމާދޫ އަށެވެ. އެރަށަށް 70.5 މިލިލީޓަރުގެ ވާރޭ ވެހިފައިވެއެވެ. އޭގެ އިތުރުން ދެން އެންމެ ގިނަ އަދަދަކަށް ވިއްސާރަ ކޮށްފައި ވަނީ ހއ. ކެލާ އަށެވެ. އެރަށަށް މި މުއްދަތުގެ ތެރޭގައި 58.5 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރިކޯޑު ކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!