Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ތަރުހީބު ކުޑަވެ ބައެއް ދާއިރާތަކަށް ކުރިމަތިލުމަށް އަނެއްކާ ވެސް ހުޅުވައިލައިފި

ތަރުހީބު ކުޑަވެ ބައެއް ދާއިރާތަކަށް ކުރިމަތިލުމަށް އަނެއްކާ ވެސް ހުޅުވައިލައިފި

4 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް މެމްބަރުން ހަމަނުވާތީ އެ ރަށްތަކުގެ އިންތިޚާބަށް ކުރިމަތިލުމަށް އިލެކްޝަން ކޮމިޝަނުން އަނެއްކާވެސް ހުޅުވާލައިފިއެވެ.

މިއަހަރުގެ އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އެކި އެކި ސަބަބުތަކާ ހެދި އިންތިހާބު ނުކުރެވޭ ރަށްރަށުގެ އަންހެނުންގެ ކޮމިޓީއާއި ކައުންސިލު ގޮނޑިތަކަށް ވާދަކުރުމަށް އިލެކްޝަން ކޮމިޝަނުން މީގެ ކުރިން ހުޅުވައިލި ފުރުސަތުގައި އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާ ދާއިރާތަކަށް އަލުން ކުރިމަތި ލުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަނުން ހުޅުވައިލީ މިއަދުއެވެ.

މި ދާއިރާތަކަށް ކުރިމަތިލުމަށް މީގެ ކުރިން ހުޅުވައިލި ފުރުސަތު މިހާރު ހަމަވީއިރު އިންތިހާބު ބޭއްވޭ ވަރަށް މީހުން ކުރިމަތިލައިފައި ވަނީ 4 ދާއިރާއަކަށް ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ. އަދި އަލުން ފުރުސަތު ހުޅުވައިލައިފައި ވަނީ ހދ.ނޭކުރެންދޫ، ބ.ފުޅަދޫ، ވ.ރަކީދޫ އަދި މ.ރަތްމަންދޫ އެވެ. މީގެ ތެރެއިން ނޭކުރެންދުއަށް ހުޅުވައިލީ ހުސްވެފައިވާ ދެ ގޮޑީގެ ތެރެއިން އެއްގޮޑިއަށެވެ. އަދި ރަކީދޫގައި ހުޅުވައިލީ ހުސްވެފައިވާ ފަސް ގޮޑީގެ ތެރެއިން، 3 ގޮނޑިއަށެވެ.

Advertisement
Allied — Dhen Online (box)

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް އިންތިޚާބު ނުކުރެވޭ 10 ދާއިރާގެ ތެރެއިން ބައެއް ދާއިރާތަކަށް އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލި ދާއިރާތަކުގައި ވަނީ އިންތިޚާބަކާއި ނުލައި، ކުރިމަތިލި މީހާ އިންތިޚާބު ވެފައެވެ. މިގޮތަށް އިންތިޚާބު ވެފައިވަނީ ލ.މާބައިދޫ އާއި، ހދ.ނޭކުރަންދުއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް