Sunday, 1 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ރަށްރަށަށް ދާން ގިނަ ބަޔަކު ކޮވިޑަށް ޓެސްޓް ކުރަނީ!

ރަށްރަށަށް ދާން ގިނަ ބަޔަކު ކޮވިޑަށް ޓެސްޓް ކުރަނީ!

ވެކްސިން ފުރިހަމަ ކުރާ ފަރާތްތަކަށް ކަރަންޓީން ވާން ނުޖެހޭ ގޮތަށް ރަށްރަށަށް ދަތުރު ކުރެވޭނެ ހުއްދަ ދިނުމާ އެކު ރާއްޖޭގައި ކޮވިޑް-19އަށް ޓެސްޓް ކުރާ މީހުންގެ އަދަދު ކުއްލިއަކަށް އިތުރުވާން ފަށައިފިއެވެ.

ފާއިތުވި ދެތިން ހަފްތާއަށް ބަލާލާއިރު އާއްމުކޮށް ރާއްޖެއިން ކޮވިޑް-19 އަށް ޓެސްޓްކޮށްފައި ވަނީ ހަތަރު ހާހެއްހާ މީހުންނެވެ. އެހެން ނަމަވެސް މިހާރު އެ ނަންބަރު އުޅެނީ ހަތްހާހުން މަތީގައެވެ.

ރޭ ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާއްމު ކުރި ތަފާސް ހިސާބަށް ބަލައިލާއިރު، މާލެ ސަރަހައްދުން ކޮވިޑް-19އަށް ފައްސިވެފައި ވަނީ އެންމެ 23 މީހުންނެވެ. އެއީ ރާއްޖެއިން ޓެސްޓް ކުރި 7،012 މީހުންގެ ތެރެެއިންނެވެ.

Advertisement
Ooredoo — Square (box)

ޓެސްޓް ކުރާ މީހުންގެ އަދަދު ކުއްލި އަކަށް އިތުރުވެފައި މިވަނީ ސްކޫލް ބަންދާ ދިމާކޮށް ރަށްރަަށް މީހުން ފުރާތީ ކަމަށް ބެލެވެއެވެ. އެޗްޕީއޭއިން އެންމެ ފަހުން އާއްމު ކުރި ޤަވާއިދުގެ ދަށުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުން ކަރަންޓީން ވުމަކާ ނުލައި ނެގަޓިވް ޕީސީއާރް ޓެސްޓެއް އޮތްނަމަ މާލެއިން ރަށްރަށަށް ދަތުރު ކުރެވޭނެއެވެ. އަދި ކޮވިޑް-19 ވެކްސިން ނުޖެހޭ 18 އަހަރުން ދަށުގެ މީހުން ވެސް ނެގެޓިވް ޕީސީއާރ ޓެސްޓެއް އޮތްނަމަ ކަރަންޓީން ވާން ނުޖެހި ދަތުރު ކުރެވޭނެއެވެ.

އެޗްޕީއޭއިން އާއްމުކޮށްފައިވާ އެންމެފަހުގެ މައުލޫމާތުން ދައްކާ ގޮތުގައި ގޮތުގައި 27 ރަށެއް އޮތީ މޮނީޓަރިންގައެވެ. އެ ރަށްރަށަށް ދެވޭނީ ކަރަންޓީނު ވާ ގޮތަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް