Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ބިލް ތަސްދީގުކޮށް، ރެވެނިއު ސްޓޭމްޕް އުވައިލައިފި

ބިލް ތަސްދީގުކޮށް، ރެވެނިއު ސްޓޭމްޕް އުވައިލައިފި

އެކިއެކި ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލުމަށް ކަނޑައެޅި ބިލް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ތަސްދީގު ކުރައްވައިފިއެވެ.

މި ބިލު ދިރާސާކުރި ކޮމިޓީން ނިންމި ގޮތަށް މަޖިލީހުން ފާސްވީ އެދުވަހުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގަތް 45 މެމްބަރުންގެ ތެރެއިން 44 މެމްބަރުންގެ ވޯޓުންނެވެ.

ރައީސް ޞާލިޙް މި ބިލް މިއަދު ތަސްދީގު ކުރެއްވުމާ ގުޅިގެން، ރާއްޖޭގައި ރަސްމީ ލިޔުންތަކުގައި ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު މިވަނީ އުވައިލެވިފައެވެ.

Advertisement
HDC — Sidebar (box)

މިއަދުން ފެށިގެން އުވައިލި މި ގާނޫނަކީ، ރާއްޖޭގައި 1970 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އައި ގާނޫނެކެވެ. މި ގާނޫނު އުވައިލަން ބިލް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަދި މެދުހެންވޭރު ދާއިރާ މެމްބަރު އަލީ އާޒިމްއެވެ.

ރެވެނިއު ސްޓޭމްޕް ޖެހުމުގެ ގާނޫނު އުވައިލުމަށް ހުށަހެޅި ސަބަބުގެ ގޮތުގައި ވިދާޅުވެފައި ވަނީ، އެ ގާނޫނަކީ ވަރަށް ދުވަސްވެފައިވާ ގާނޫނެއް ކަމަށާއި އެ ގާނޫނުގެ ދަށުން ރެވެނިއު ސްޓޭމްޕް ޖެހުމުގެ ނިޒާމު ހިންގުމަށް ޓަކައި ހިނގާ ޚަރަދާ އަޅާބަލާއިރު ލިބޭ އާންމުދަނީއަކީ އެކަށީގެންވާ އާމްދަނީއެއް ނޫން ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް