Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އެއާޕޯޓުގައި މުޒާހަރާ ކުރިކަމަށް ބުނެ ހުކުމް ކުރީތީ ދައުލަތުން މާފަށް އެދެން ޖެހޭ: ޒާހިރާ

އެއާޕޯޓުގައި މުޒާހަރާ ކުރިކަމަށް ބުނެ ހުކުމް ކުރީތީ ދައުލަތުން މާފަށް އެދެން ޖެހޭ: ޒާހިރާ

އެއާޕޯޓުގައި މުޒާހަރާކުރިކަމަށް ބުނެ، 2016ވަނަ އަހަރު ޙުކުމް ކޮށްފައިވާތީ، އޭރުގެ ދައުލަތުގެ މަސްއޫލުވެރިން މާފަށް އެދެން ޖެހޭނެކަމުގައި ވިދާޅުވެ، އެމްޑީޕީގެ ގަލޮޅު އުތުރު ދާއިރާގެ ނައިބު ރައީސް، ގ.އާކާޝްވިލާ އާމިނަތު ޒާހިރާ (ނަލަ ޒާހިރާ)، މިއަދު މައްސަލަ ހުށަހަޅައިފިއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅި މައްސަލައިގައި، ޒާހިރާ އެދިފައި ވަނީ އެ މައްސަލައިގައި ދައުވާ ކުރިކަމަށް ޓަކައި، މައާފަށް އެދުމަށް އޭރުގެ ޕީޖީ މުހުތާޒު މުހުސިނަށް އެންގުމަށެވެ.

އަދި ރައީސް އޮފީހުގައި އިންނަވައިގެން އެ މައްސަލައިގައި ޙުކުމް ޑްރާފްޓްކޮށް، ކްރިމިނަލް ކޯޓަށް ފޮނުވައިފައި ވާތީ، މާފަށް އެދުމަށް، ރައީސް އޮފީހުގެ އޭރުގެ ލީގަލް މިނިސްޓަރު އަލްއުސްތާޛާ ޢާއިޝަތު އާޒިމާ ޝަކޫރަށް ވެސް އެންގުމަށް ޒާހިރާ އެދިލައްވައިފައި ވެއެވެ.

Advertisement
Ooredoo — Truecaller (box)

މީގެއިތުރުން ރައީސް އޮފީހުން ފޮނުވި ޑްރާފްޓަށް ބަލައިގެން ޙުކުމް ކޮށްފައިވާތީ މާފަށް އެދުމަށް، އޭރުގެ ކްރިމިނަލް ކޯޓުގެ ޤާޟީ އަޙްމަދު ރަޝީދަށް އެންގުމަށާއި އެ މައްސަލައިގައި ޕީޖީގެ ފަރާތުން ވަކާލާތު ކުރިކަމަށް ޓަކައި، މައާފަށް އެދުމަށް އޭރުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޙައިލަމަށް އެންގުމަށް ވެސް ޒާހިރާ އެދިލައްވައިފައި ވެއެވެ.

މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހުގެ ވެސް ހަމަ މި މައްސަލަ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހަޅައިފައި ވެއެވެ.  އެފަހަރު މި މައްސަލަ ހުށަހެޅީ އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދާއި، ހ. ވެޔޮވިލާ، ޝަފިއްޔާ ޒުބައިރާއި، ސ. ހުޅުދޫ، ކަޅުމަގިގޭ މަރިޔަމް ޒުބައިރު (މަންދީ)އާއި ވެމްކޯގެ ޗެއާމަން މުހައްމަދު އިބްރާހިމް މަނިކެވެ.

ޒާހިރާ ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ އެ މައްސަލައިގައި އެމީހުންނަށް ހުކުމް އިއްވުމަކީ ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ހިންގި އަމަލެއްގެ ސަބަބުން އިންސާނީ ހައްގެއް ނިގުޅައިގަތުން ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާއަކުން ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއްގެ ސަބަބުން އަސާސީ މިނިވަންކަން ނިގުޅައިގެންފައިވާ ކަމަށް ވެސް އެ މައްސަލައިގައި ފާހަގަ ކޮށްފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް