Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

"މާރުކޭޓު ގޮޅިތައް ކުއްޔަށް ދިނުމުގައި ޢަމަލު ކުރާނީ ހުރިހާ މައުލޫމާތެއް ސާފުކޮށް ފެންނާނެހެން"

"މާރުކޭޓު ގޮޅިތައް ކުއްޔަށް ދިނުމުގައި ޢަމަލު ކުރާނީ ހުރިހާ މައުލޫމާތެއް ސާފުކޮށް ފެންނާނެހެން"

މާރުކޭޓު ގޮޅިތަކާއި ޕާކިން ސްލޮޓްތައް ކުއްޔަށް ދޫކުރުމުގައި ޢަމަލުކުރާނީ ހުރިހާ މައުލޫމާތެއް އާންމުންނަށް ސާފުކޮށް ފެންނާނެހެން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭ ސިޓީކައުންސިލުން ބަލަހައްޓަމުންގެންދާ ދަތުރުވެރިންގެ މާރުކޭޓް އަދި ލޯކަލް މާރުކޭޓުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކުގެ މުއްދަތު ހަމަވެފައިވާތީ އެ ގޮޅިތައް އަލުން ކުއްޔަށް ހިފުމަށާއި ޕާކިންގް ސްލޮޓްތައް ކުއްޔަށް ހިފަން އެދޭ ފަރާތްތަކަށް އެފުރުސަތު އާންމުކޮށް މާލެ ސިޓީ ކައުންސިލުން ވަނީ ހުޅުވައިލައިފައެވެ.

ގޮޅިތަކާއި ޕާކިންގް ސްލޮޓްތައް ކުއްޔަށް ދޭން ހުޅުވައިލުމުން ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައި ވަނީ، ގޮޅިތައް ކުއްޔަށް ނަގަންދާ ބައެއް ފަރާތްތައް އެމަނިކުފާނު ހިމެނިވަޑައިގަންނަވާ އިދިކޮޅު ޕީޕީއެމްއަށް ވެއްދުމުގެ މަސައްކަތް މޭޔަރު ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެގޮތުން ގޮޅިތައް ކުއްޔަށް ދިނުމުގައި ބޭއިންސާފުން ކަންކަން ކުރައްވަމުން ގެންދަވާނެ ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

Advertisement
Allied — Dhen Online (box)

ޑރ. މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާރުކޭޓު ގޮޅިތަކާއި ޕާކިންގް ސްލޮޓްތައް ކުއްޔަށް ދިނުމުގެ ކަންކަން ކުރިއަށް ގެންދާނީ ހުރިހާ މައުލޫމާތެއް އާންމުކޮށް ފެންނާނެ ގޮތަށް ވަރަށް ޓްރާންސްޕޭރެންޓްކޮށް ކަމަށެވެ.

"އަދި ގުރުއަތުން ނަގަން ޖެހިއްޖެނަމަ އެކަން ކުރިއަށް ގެންދާނީ ޓީވީއިން ލައިވްކޮށް ކަމުގައި ދަންނަވަން" ޑރ. މުއިއްޒު ވިދާޅުވިއެވެ.

https://twitter.com/MMuizzu/status/1414509882057760769?s=20

މާލެ ސިޓީ ކައުންސިލުން ގޮޅި ދޫކުރަން ކުރި އިއުލާނުގައި ބުނެފައި ވަނީ ކޮންމެ ފަރާތަކުން ވެސް ފޯމް ލެވޭނީ އެއްގޮޅިއަށް ކަމަށެވެ. އަދި ފޯމް ހުށަހަޅާއިރު އެ ފަރާތަކުން ކުރަން ބޭނުންވާ ވިޔަފާރިއާ ދިމާލުގައި އެއްގޮޅީގައި ފާހަގަ ޖަހަންވާނެ ކަމަށް ބުނެފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް