Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ސިޓީ ކައުންސިލުން ބޮޑުގޭގައި ތަރައްޤީ ކުރި ޕާކިން ޒޯން ހުޅުވައިފި

ސިޓީ ކައުންސިލުން ބޮޑުގޭގައި ތަރައްޤީ ކުރި ޕާކިން ޒޯން ހުޅުވައިފި

މާފަންނު ބޮޑުގޭގައި މާލޭ ސިޓީ ކައުންސިލުން ތަރައްގީ ކުރި ޕާކިން ޒޯން މިއަދު ހަވީރު ހުޅުވައިފިއެވެ.

ބޮޑުގޭގެ ޕާކިން ޒޯން ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒުއެވެ.

މި ޕާކިން ޒޯނަކީ 175 ސައިކަލްގެ ޖާގަ ހިމެނޭ ޕާކިން ޒޯނެކެވެ.

Advertisement
HDC — Sidebar (box)

ހަނދުވަރީ ހިނގުމުން ވަދެވޭ މި ޕާކިން ޒޯން ހުޅުވުމުން އެ ސަރަހައްދުގައި އޮންނަ ހަނިގޯޅިއެއްކަމަށްވާ ދަކަނދާ މަގުގައި ޕާކްކުރާ ސައިކަލްތައް މި ޒޯނަށް ބަދަލުކޮށް ދަކަނދާ މަގުގައި ޕާކްނުކުރެވޭ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ.

ބޮޑުގޭގެ ޕާކިން ޒޯން ޒީނަތްތެރި ކުރުމަށް އެކި ޒުވާނުންގެ ހުނަރު ދައްކުވައިދީފައިވާ ކުރެހުންތައް ވެސް ވަނީ އެ ޒޯންގެ ފާރުގައި ކުރަހައިފައެވެ.

މާލޭގެ ޕާކިން މައްސަލައަށް ހައްލެއް ގެނެސް މަގުތަކުގައި ހިނގާބިނގާވާ މީހުންނަށާއި އެއްގަމު އުޅަނދުފަހަރު ދުއްވުމަށް ފަސޭހަ ގޮތްތަކެއް ހޯދުމަށް ސިޓީ ކައުންސިލުން ދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ޒޯންތައް ތަރައްގީ ކުރަމުންގެންދާ ގޮތަށް ހަމަޖައްސައި، މިހާރުވެސް އަގު ދީގެން ޕާކްކުރުމަށް 211 ޖާގައަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް