Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ހދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ދަތުރުފުޅެއް ކުރައްވަނީ

ހދ. އަތޮޅުގެ ތިން ރަށަކަށް ރައީސް ދަތުރުފުޅެއް ކުރައްވަނީ

ހދ. އަތޮޅުގެ ތިން ރަށަކަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައި ކައުންސިލްތަކުގެ ބައިވެރިވުމާ އެކު ތަރައްގީގެ މަޝްރޫއުތަކާއި ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.
އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި ،  ހާލަތަށް އައިސްފައިވާ ބަދަލާ އެކު އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާ ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް އެ މަނިކުފާނު ގާތުން ބައްލަވަމުން ގެންދަވާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަން ކުރިމަތިވުމާ ހަމައަށް، ރައީސް ސޯލިހު ގިނަ ކައުންސިލްތަކަކާ ބައްދަލު ކުރައްވައިފައިވާ ކަމަށާއި އެ ގޮތުން މިހާތަނަށް ޖުމުލަ 127 ބައްދަލުވުމެއް ކައުންސިލްތަކާ އެކު ބާއްވަވަައިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެއާ އެކު 69 ރަށަކަށް އެމަނިކުފާނު ޒިޔާރަތްކުރައްވާފައިވާ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.
މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައިވަނީ ޖުލައި މަހުގެ 16 އިން 18 އަށެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް އެ މަނިކުފާނު ވަޑައިގަންނަވާނެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް