Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ކާނަލް ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ ހެދުމުގެ ހުއްދަ އީސީއިން ދީފި

ކާނަލް ނާޒިމްގެ މޯލްޑިވްސް ނެޝަނަލް ޕާޓީ ހެދުމުގެ ހުއްދަ އީސީއިން ދީފި

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމްއަށް "މޯލްޑިވްސް ނޭޝަނަލް ޕާޓީ"ގެ ނަމުގައި ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަން ކޮމިޝަނުން ދީފިއެވެ.

މޯލްޑިވްސް ނެޝަނަލް ޕާޓީއަކީ ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް އިސްވެ ހުންނަވައި ހައްދަވާ ޕާޓީއެކެވެ. އޭނާގެ އިތުރުން ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޟް ވެސް މިހާރު ވަނީ މި ޕާޓީއާ އެކީގާ ކުރިއަށް ދިޔުމަށް އޭނާ މިހާރު ހުންނެވި ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެންފައެވެ.

https://twitter.com/ElectionsMv/status/1415572620922134535

Advertisement
HDC — Sidebar (box)

 

މި ޕާޓީ ހެދުމަށް ހުއްދަ ދީފައި ވަނީ މިއަދުއެވެ.

2023 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވާން ފަށާފައިވާ މިދަނޑިވަޅުގައި އިތުރު ސިޔާސީ ޕާޓީތަކެއް އުފެއްދުމަށް ސިޔާސީ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން "މޯލްޑިވްސް ސޮލިޑާރިޓީ ޕާޓީ" ނުވަތަ ގައުމީ އެއްބައިވަންތަކަމުގެ ޕާޓީ (އެންއެސްޕީ)ގެ ނަމުގައި އައު ސިޔާސީ ޕާޓީއެއް އުފައްދަވަން އަބްދުﷲ ކަމާލުއްދީން ވެސް ވަނީ އިލެކްޝަން ކޮމިޝަނަށް ހުށައަޅުއްވައިފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް