Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޔޫތު މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރެއް

ޔޫތު މިނިސްޓްރީއަށް ސްޓޭޓް މިނިސްޓަރެއް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ މަޤާމަށް މއ. ބޯގަންވިލާ، ޙުސައިން އިސްމާޢީލް ޢައްޔަން ކުރައްވައިފިއެވެ.

ޙުސައިން އިސްމާޢީލްއަކީ ބެލްޖިއަމްގެ އިކޮނިމިކްސް ސްޓަޑީ ބިއުރޯ ބަރޖްއިން ޑިޕްލޮމާ އިން މާކެޓިންގ އެންޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ޕްލޭނިނގް ޙާޞިލްކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.

ޙުސައިން އިސްމާޢީލްއަކީ ލ. ފޮނަދޫ ދާއިރާގެ އެމް.ޑީ.ޕީ ޤައުމީ މަޖިލީހުގެ ރައީސްއެވެ. ހީޓް ހެލްތް އެންޑް ފިޓްނަސް ގެ ޗެއަރމަންއެވެ. މީގެ އިތުރުން ސަރުކާރުގެ އިސް މަޤާމުތައް ވެސް ޙުސައިން އިސްމާޢީލް ވަނީ މީގެ ކުރިން ފުރުއްވައިފައެވެ. އެ ގޮތުން މިނިސްޓްރީ އޮފް ހިއުމަން ރިސޯސް ޔޫތް އެންޑް ސްޕޯޓްގެ ޑެޕިއުޓީ މިނިސްޓަރގެ މަޤާމު ވެސް އޭނާ ވަނީ އަދާކުރައްވައިފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް