Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ރައީސްއަށް މަރުހަބާ ކިޔަން އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފި

ރައީސްއަށް މަރުހަބާ ކިޔަން އެއްވުންތައް ނުބޭއްވުމަށް އިލްތިމާސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މަރުހަބާކިޔުމުގެ ބޮޑެތި އެއްވުންތައް ނުބާއްވާނެކަން ހާމަކޮށްފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ތިލަދުންމަތީ ދެކުނުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ރަސްމީ ދަތުރުފުޅާ ގުޅިގެން، އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޚާއްސަ އިންތިޒާމްތައް ހަމަޖެއްސުމަށް ގިނަ ރިކުއެސްޓްތަކެއް ލިބިފައިވާކަމަށެވެ.

އެހެން ނަމަވެސް ކޮވިޑްގެ މި ހާލަތުގައި ގިނަ ބަޔަކު އެއްތަންވުމަކީ އެންމެ ރައްކާތެރި ކަމަކަށް ނުވާނެތީ، ގިނަ ބަޔަކު އެއްތަންނުވާނެ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާގުޅޭ ހުރިހާ އިދާރާތަކަށް ދެންނެވިފައިވާކަމަށް މަބްރޫކް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ރައީސް ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ ޖުލައި މަހުގެ 16އިން 18 އަށެވެ. މި ދަތުރުފުޅުގައި ތިލަދުންމަތީ ދެކުނުބުރީގެ ކުޅުދުއްފުށި ސިޓީ، ހދ. ހަނިމާދޫ އަދި ހދ. ކުމުންދޫއަށް އެ މަނިކުފާނު ވަޑައިގަންނަވާނެއެވެ.

ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރެވި، ހާލަތަށް އައިސްފައިވާ ބަދަލާ އެކު އިތުރު ރަށްރަށަށް ޒިޔާރަތް ކުރައްވައި ތަރައްގީގެ މަޝްރޫއުތަކާ އަދި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސް ޞާލިޙް ބައްލަވަމުން ގެންދަވާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް