ބައްޔެއްގެ ސަބަބުން 300 ދުވަސް ވަންދެން މީހަކު ނިދައިފި
އިންޑިއާގެ ރާޖަސްތާނަށް ނިސްބަތްވާ މީހަކު ބައްޔެއްގެ ސަބަބުން 300 ދުވަސް ވަންދެން ނިދައިފިއެވެ.
ބޭރުގެ މީޑިއާތަކުން ރިޕޯޓްތަކުން ރިޕޯޓް ކުރާ ގޮތުގައި މި ބަލީގެ ނަމަކީ އެކްސިސް ހައިޕަސޯމްނިއާއެވެ. އަދި މި ބައްޔަކީ ސިކުނޑިއަށް ބޭނުންވާ ވަރަށް ޕްރޮޓީންސް ނުލިބުމުގެ ސަބަބުން ޖެހޭ ބަައްޔެކެވެ.
އާންމު މީހަކު ދުވާލަކު 6 ގަޑިިއިރާއި 8 ގަޑިއިރާ ދެމެދުގެ ވަގުތަކަށް ނިދާއިރު މި މީހާ ނިދާ ކޮންމެ ފަހަރަކު ނިދީގައި 20 ދުވަހާއި 25 ދުވަހާ ދެމެދުގެ ވަގުތެއް ހޭދަވެއެވެ.
42 އަހަރުގެ މި ފިރިހެން މީހާއަކީ ތަރުކާރީ ފިހާރައެއް ހިންގަމުން އަންނަ މީހެކެވެ. އަދި ބޭރުގެ މީޑިއާތަކުން ރިޕޯޓް ކުރާ ގޮތުގައި އޭނާ ފިހާރަ ހުޅުވަނީ މަހަކު 5 ދުވަހުއެވެ. އެހެން ދުވަސްތައް އޭނާ ހޭދަކުރަނީ ނިދުމުގައެވެ.
މީގެ އިތުރުން އޭނާ އެ މަސައްކަތް ކުރާ 5 ދުވަހު ވެސް އޭނާ ބައެއް ފަހަރަށް ނިދާ ކަމަށާއި ނިދައިފިނަމަ އޭނާއަށް ނުހޭލެވޭ ކަމަށް ވެސް ބޭރުގެ މީޑިއާތަކުގައި ވެއެވެ.
އޭނާގެ އާއިލާއާ ހަވާލާދީ އެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި އޭނާގެ ކިބައިން އެ ބަލި ފެނިފައި ވަނީ 23 އަހަރު ކުރިންނެވެ.