ޖޫރިމަނާކޮށްގެން ނޫން ގޮތަކަށް އާމްދަނީ ހޯދަން ރައީސް ދަސްކުރަންވެއްޖެ: ޖަމީލް

ރައްޔިތުން ޖޫރިމަނާކޮށްގެން ނޫން ގޮތަކުން އާމްދަނީ ހޯދަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ދަސްކުރަން ވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި މިފަދައިން ވިދާޅުވެފައި ވަނީ ނުގަވާއިދުން ޕާކުކޮށްގެން 20 ފަހަރަށް ވުރެ ގިނަ ފަހަރު އުޅަނދުގައި ސްޓިކާ ޖަހައިފި ނަމަ އެ ފަރާތެއްގެ ލައިސަންސް ބާތިލުވާނެ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަނުން ނިންމުމާ ގުޅިގެންނެވެ.
ޖަމީލް ވިދާޅުވީ ރައްޔިތުންގެ ނުރުހުމުގެ އަޑު ރައީސަށް އިއްވުން އަދިވެސް އިތުރުކުރަންވީ ކަމަށެވެ. އަދި ސްޓިކާ ޖަހައި، ލައިސެންސް ބާތިލްކުރަން ހިފާއިރު ޕާކިންއާއި ޕަބްލިކް ޓްރާންސްޕޯޓް ކޮބައިތޯ ޖަމީލް ވަނީ ސުވާލު އުފައްދައިފައެވެ.
https://twitter.com/mjameelahmed/status/1416284760381349893?s=21
މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިޝަނުން ގެޒެޓް ކުރި އައު ގަވާއިދުގައި ބުނެފައި ވަނީ ގަވާއިދާ ހިލާފް އެކި މައްސަލަތަކުގައި ވަކި އަދަދުތަކެއް އެ ކްރެޑިޓް ޕޮއިންޓުން އުނި ކުރެވޭނެކަމަށާއި ޕޮއިންޓް ހުސްވެއްޖެ ހާލަތެއްގައި އެމީހެއްގެ ލައިސަންސް ބާތިލުވާނެ ކަމަށެވެ.
މީގެ އިތުރުން އެ ގަވައިދުގައި ބުނެފައިވާ ގޮތުގައި، ކްރެޑިޓް ޕޮއިންޓް އުނިކޮށްގެން ބާތިލުކުރާ ލައިސަންސެއް އަލުން ހެއްދުމަށް ހުށަހެޅޭނީ 180 ދުވަސް ފަހުން ކަމަށެވެ. ކްރެޑިޓް ޕޮއިންޓު އުނިކޮށްގެން ލައިސަންސް ބާތިލުކޮށްފި ނަމަ އަލުން ލައިސެންސް ހެދުމަށް ތިއަރީ އިމްތިހާނު އަދި ޕްރެކްޓިކަލް އިމްތިހާނު ފަދަ ހުރިހާ އިޖުރާއަތްތަކެއް އަލުން ފުރިހަމަ ކުރަންޖެހޭނެއެވެ.






ކޮމެންޓް