Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ފުލުހުންނަށް ބޭނުންވާ ވަޞީލަތްތަކާ އެހީތެރިކަން ކުރިޔަށް ވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދޭނެ: ރައީސް

ފުލުހުންނަށް ބޭނުންވާ ވަޞީލަތްތަކާ އެހީތެރިކަން ކުރިޔަށް ވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދޭނެ: ރައީސް

ފުލުހުންނަށް ބޭނުންވާ ވަޞީލަތަކާއި އެހީތެރިކަން ކުރިއަށް ވުރެ ރަނގަޅަށް ސަރުކާރުން ފޯރުކޮށްދެއްވާނެ ކަމަށާއި، ފުލުންގެ ޤާނޫނު ތަންފީޒުކުރުމުގައި ފަސް ނުޖެހި ކުރިޔަށް ދިޔުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފުލުހުންނަށް އިލްތިމާސްކުރައްވައިފިއެވެ.

ރައީސް މިކަމަށް އިލްތިމާސް ކުރެއްވީ މިއަދު ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގެ އިސްވެރިންނާ ބައްދަލުކުރައްވައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ އައު ޤާނޫނާއެކު ލާމަރުކަޒުކޮށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެކަމަށާއި އަދި، އެކަމަށް ބޭނުންވާ ވަޞީލަތްތައް ސަރުކާރުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ. އެގޮތުން މިހާރު ފުލުންގެ ޚިދުމަތް ފުޅާކުރުމުގެ ގޮތުން 61 ޕޮލިސް ސްޓޭޝަނެއް އިމާރާތްކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އަދި، މި ޕްރޮޖެކްޓްގެ ދަށުން ކުޅުދުއްފުށީ ރީޖަނަލް ޕޮލިސް ހެޑްކުރާޓަރޒްގެ އެކްސްޓެންޝަން އިމާރާތެއް ބިނާކުރުން ވެސް ހިމެނޭކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މުޖުތަމަޢަށް އެންމެ ބޮޑަށް ބޭނުން ވަނީ ޤާނޫނުތައް ހިންގުން ކަމަށާއި، އެކަމުގެ އެންމެ ބޮޑު ޒިންމާއެއް އޮތީ ފުލުހުންގެ އަތްމަތީގައި ކަމަށެވެ. ހަމަ އެހެންމެ ފާއިތުވި 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ފުލުހުންގެ ޚިދުމަތަށް ރަނގަޅު ބަދަލުތަކެއް ގެނެވި ޢާންމުން ފުލުހުންނަށް ކުރާ އިތުބާރު އިތުރުވެފައިވާކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމަށް ފަހު ރައީސް ވަނީ ޕޮލިސް ސްޓޭޝަން ބައްލަވައިލައްވައިފައެވެ. <span dir="RTL" lang="DIV">އަދި އެއަށް ފަހު ރައީސް ވަނީ ކުޅުދުއްފުށި ސިޓީގެ ކުނި މެނޭޖުކުރާ ސަރަޙައްދަށް ޒިޔާރަތް ކުރައްވައި އެ ސަރަޙައްދު ބައްލަވައިލައްވައިފައެވެ</span>.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް