Wednesday, 28 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

ރައީސްގެ ދެކަނބަލުން ކުމުންދޫ ސިއްޙީ މަރުކަޒާއި ސްކޫލުގެ ޙާލަތު ބައްލަވައިލައްވައިފި

ރައީސްގެ ދެކަނބަލުން ކުމުންދޫ ސިއްޙީ މަރުކަޒާއި ސްކޫލުގެ ޙާލަތު ބައްލަވައިލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ހދ. ކުމުންދޫ ޞިއްޙީ މަރުކަޒަށާއި، ސްކޫލަށް ޒިޔާރަތްކުރައްވައި އެ ތަންތަނުގެ ޙާލަތު ބައްލަވައިލައްވައިފިއެވެ.

މި ތަންތަންތަނުގެ އިތުރުން ރައީސްގެ ދެ ކަނބަލުން ވަނީ ކުމުންދޫ ފެނާ ނަރުދަމާގެ މަސައްކަތް ކުރިޔަށްދާ ސަރަޙައްދަށް ޒިޔާރަތްކުރައްވައި އެ މަސައްކަތް ކުރިޔަށްދާ ގޮތް ވެސް ބައްލަވައިލައްވައިފައެވެ. .ހަމަ އެހެންމެ ރައީސްގެ ދެކަނބަލުން ވަނީ ކުމުންދޫ ކުޅީ ސަރަޙައްދަށް ޒިޔާރަތް ކުރައްވައި އެ ސަރަޙައްދު ވެސް ބައްލަވައިލައްވައިފައެވެ.

އަދި ކުމުންދޫ ސްކޫލަށް ޒިޔާރަތް ކުރައްވައި ސްކޫލްގެ ޙާލަތު ބައްލަވައިލައްވައިފައި ވާއިރު އެ ސްކޫލުގެ ޖާގައިވެ ދަތިކަން ޙައްލުކުރުމަށް އިމާރާތްކުރާ 12 ކްލާސްރޫމްގެ މަޝްރޫޢު މިހާރު އޮތީ ޕްރީ ޓެންޑަރިންގ މަރުޙަލާގައެވެ.

Advertisement
Ooredoo — Truecaller (box)

ކުމުންދޫ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތުގެ މިހާރު ކުރިޔަށްދަނީ ވޯޓަރ ނެޓްވާރކްގެ މަސައްކަތާއި އާރު.އޯ ބިލްޑިންގްގެ މަސައްކަތެވެ.

ރަައީސްގެ ދެކަނބަލުން މިހާރު ކުމުންދޫއަށް ކުރައްވަމުން މިގެންދަވާ ދަތުރުފުޅަކީ ހދ. އަތޮޅުގެ 3 ރަށަކަށް ކުރައްވާ ދަތުރުފުޅުގެ ދެވަނަ މަންޒިލެވެ. މި ދަތުރުފުޅުގައި ފުރަތަމަ މަންޒިލަކީ ކުޅުދުއްފުށި ސިޓީއެވެ. އަދި، ކުމުންދޫއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ހދ. ހަނިމާދޫއަށް ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ބައެއް ވުޒާރާތަކުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ދަޢުލަތުގެ ބައެއް އިދާރާތަކުގެ އިސްވެރިންގެ ވަފްދެއް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް